logo

ކްރިމިނަލް އަދި ސިވިލް ކޯޓަށް އަލަށް އައްޔަންކުރެއްވި ފަނޑިޔާރުން ހުވާ ކުރައްވައިފި

ފާތިމަތު މިޝްކާ

13 އޯގަސްޓު 2026 - 09:08
ކްރިމިނަލް އަދި ސިވިލް ކޯޓަށް އަލަށް އައްޔަންކުރެއްވި ފަނޑިޔާރުން ހުވާ ކުރައްވައިފި

ފޮޓޯ: ޕީއެސްއެމް ނިއުސް

SHARE

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް އަލަށް އައްޔަންކުރެއްވި ފަނޑިޔާރުން ހުވާ ކުރައްވައިފި އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިއަދު ހުވާކުރެއްވި ފަނޑިޔާރުންގެ ތެރޭގައި ހިމެނެނީ ސިވިލް ކޯޓުގެ ގާޒީކަމަށް އައްޔަންކުރެއްވި 2 ބޭފުޅުން އަދި ކްރިމިނަލް ކޯޓުގެ ގާޒީކަމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނެވެ.

ސިވިލް ކޯޓަށް އައްޔަންކޮށްފައިވަނީ ގއ.ކަނޑުހުޅުދޫ ރީލްމަންޒިލް، އަލްއުސްތާޛު މުޙައްމަދު ނިޝާޠު އަދި ރ.ހުޅުދުއްފާރު ރޯޒްވިލާ، އަލްއުސްތާޛާ އާސިޔާ އަޡީމާ އެވެ.

ކްރިމިނަލް ކޯޓަށް އައްޔަންކޮށްފައިވަނީ ޅ.ކުރެންދޫ ނޫރާނީމާގެ، އަލްއުސްތާޛު ސުލައިމާން މުޙައްމަދު އާއި ހއ.ދިއްދޫ ޑޭޒީމާގެ، އަލްއުސްތާޛު އަޙްމަދު ތައުފީޤު އަދި ތ.ވޭމަންޑޫ ޑްރީމް، އަލްއުސްތާޛު މުޙައްމަދު ޢަބްދުﷲ އެވެ.

މި ފަނޑިޔާރުންނަށް ހުވާ ލައިދެއްވީ ހައި ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ފާތުމަތު ފަރުހީޒާއެވެ. ހުވާކުރެއްވުމަށްފަހު ފަނޑިޔާރުން ވަނީ ހުވާގެ އިގުރާރުގައި ސޮއިކުރައްވާފައެވެ.

މި ފަނޑިޔާރުންނަށް ފަތްކޮޅު ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކު އެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d