ފޭކު ސްލިޕް ފޮނުވައިގެން ތަކުރާރުކޮށް ކާއެއްޗެހި ގަންނަކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި
އައިޝަތު ހިދާޔާ

ފުލުހުންގެ މައި އިދާރާ
SHARE
ސައްހަ ނޫން ސްލިޕް ފޮނުވައިގެން ތަކުރާރުކޮށް ކާއެއްޗެހި ގަންނަކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮސްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރުގެ ގދ. ފަރެސްމާތޮޑާއަށް ނިސްބަތްވާ މުހައްމަދު ޖަދުއާނެވެ. އޭނާގެ މައްޗަށް ކުރަނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުން އެނގޭ ގޮތުގައި, ކުށްކުރިކަމަށް އޭނާއަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައި ވެއެވެ. ހެކީގެ ބަޔާނުގައި ވަނީ, ސައްހަ ނޫން ސްލިޕް ފޮނުވައިގެން އޯޑަރުކުރި ތަނެއްޗާ ހަވާލުވެފައި ވަނީ އޭނާކަން އެނގޭކަމަށެވެ.
މީގެއިތުރުން, މީނާ ފޭކް ސްލިޕް ފޮނުވައިގެން ތަކުރާރުކޮސް ކާއެއްޗެހި ގަނެފައިވާކަމަށް ވެސް ކޯޓު އަމުރުގައި ވެއެވެ. އަދި މީނާއަކީ ޖިނާއީ ކުށުގެ ރިކޯޑު އޮތް ފަރާތެއްކަން ވެސް ކްރިމިނަލް ކޯޓުން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
ސައްހަ ނޫން ސްލިޕް ފޮނުވައިގެން ވިޔަފާރިކުރާ މައްސަލައިގައި މީގެކުރިން ވެސް މީހުން ހައްޔަރުކޮށްފައި ވެއެވެ.
.jpeg&w=3840&q=75)

