logo

ރިސޯޓުތަކުގެ އާމްދަނީގެ 20 އިންސައްތަ އެކަނި މާރުކުރަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

ސައިފުﷲ އަލީ

11 އޯގަސްޓު 2026 - 15:19
ރިސޯޓުތަކުގެ އާމްދަނީގެ 20 އިންސައްތަ އެކަނި މާރުކުރަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ---

SHARE

ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ވިހި އިންސައްތަ ސީދާ މާރުކުރަން ޖެހޭ ގޮތަށް ހަދައި، ބޭރު ފައިސާގެ މުއާމަލާތްތައް ހަރުކަށިކުރުމަށްޓަކައި ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހުތަކެއް ގެންނަން މަރުކަޒީ ބޭންކު، މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި އިސްލާހުތަކުގެ ތެރޭގައި ކެޓަގަރީ 'އޭ' ގެ ވިޔަފާރިތައް ނުވަތަ ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް ފަސްސަތޭކަ ޑޮލަރު މާރުކުރުމަށް އޮތް އިހުތިޔާރު އުވާލައި، ލިބޭ ޖުމްލަ އާމްދަނީގެ ވިހި އިންސައްތަ ސީދާ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ. ނަމަވެސް ގެސްޓްހައުސްތަކާއި ސަފާރީތަކުން ވިހި އިންސައްތަ މާރުކުރަން އޮތް އުސޫލަށް އެއްވެސް ބަދަލެއް ނުގެންނާނެއެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ނުހިމެނޭ ވިޔަފާރިތަކުގެ ތެރެއިން އަހަރަކު ފަންސަވީސް މިލިއަން ޑޮލަރަށްވުރެ މަތިން އާމްދަނީ ލިބޭ ވިޔަފާރިތަކުންވެސް ޑޮލަރު މާރުކުރުން މަޖުބޫރުވާ ގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅުމަށް އެމްއެމްއޭއިން ވަނީ ނިންމާފައެވެ.

މި އިސްލާހުތަކުގެ ދަށުން ރިސޯޓުތަކަށް ލިބޭ އާމްދަނީ ޖަމާކުރުމަށް ރާއްޖޭގެ ބޭންކެއްގައި ހާއްސަ އެކައުންޓެއް ހުޅުވައި އެމްއެމްއޭއަށް އެންގުމާއި، ރާއްޖޭގެ ބޭންކުތަކަށް އާމްދަނީ ޖަމާވާ ޕީއޯއެސް މެޝިންތައް އެކަނި ބޭނުންކުރުން ލާޒިމުކުރާނެއެވެ.

އަދި ބޭރުގެ ދަރަނިތަކާއި ފޮރިން އިންވެސްޓްމަންޓްތަކުގެ މައުލޫމާތު އެމްއެމްއޭއަށް ރިޕޯޓުކުރުން ލާޒިމުކުރުމުގެ އިތުރުން، މެދު ރާސްތާގައި ރާއްޖޭގެ އެތެރޭގެ ހުރިހާ މުއާމަލާތްތަކެއް ދިވެހި ރުފިޔާއިން ކުރުމަށް ފުލް "ރުފިޔާޒޭޝަން" އަކަށް ދިއުމަށްވެސް އެމްއެމްއޭއިން ވަނީ ހިމަނާފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d