logo

އިންކްލޫސިވް އެޑިޔުކޭޝަނަށް އަހުލުވެރިވާން ޖެހޭނީ ހަމައެކަނި ސެން ޓީޗަރުންނެއް ނޫން: ވަޒީރު

ފާތިމަތު މިޝްކާ

17 އޯގަސްޓު 2026 - 11:21
އިންކްލޫސިވް އެޑިޔުކޭޝަނަށް އަހުލުވެރިވާން ޖެހޭނީ ހަމައެކަނި ސެން ޓީޗަރުންނެއް ނޫން: ވަޒީރު

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު

SHARE

އިންކްލޫސިވް އެޑިޔުކޭޝަނަށް އަހުލުވެރިވާން ޖެހޭނީ ހަމައެކަނި ސެން ޓީޗަރުން ނޫން ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

"އެޑިޔުކޭޓަރ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ އިކުއުޓީ އެންޑް އިންކްލޫޝަން" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދީގެން ކުރާ މަސައްކަތަކީ މުވައްޒަފުން ތަމްރީން ކުރުން ކަމަށެވެ. އަދި މުދައްރިސުން ތަމްރީންކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުންވެސް އެތައް ސަތޭކަ ދަރިވަރުންނެއް ޓީޗަރުންނަށް ވުމަށް މިހާރުވެސް ކިޔަވަމުންދާ ކަމަށް ވިދާޅުވި އެވެ.

އޭގެ ތެރޭގައި ސެން ޓީޗަރުންނަށް ވުމަށް ތަމްރީން ވަމުންދާ ދަރިވަރުން ވެސް ހިމެނޭކަމަށް ވިދާޅުވި އެވެ.

މިއަދު އިފްތިތާހުކުރި އޮންލައިން ޕްލެޓްފޯމާއެކު ކޮންމެ މުދައްރިސަކަށް ވެސް ކޮންމެ ތަނެއްގައި ހުރެގެންވެސް އިންކުލޫސިވް އެޑިއުކޭޝަންއަށް އަހުލުވެރިވުމަށް މަސައްކަތް ކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި ވީހާވެސް ގިނަ މުދައްރިސުން މިކަމުގައި ބައިވެރިވުމަށް ވަޒީރު ގޮވައިލެއްވި އެވެ.

ގިނަ ޓީޗަރުން މިކަމަށް އަހުލުވެރިކުރުވުމަށް މަސައްކަތް ފެށިއިރު ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ވަރަށް މަދުކަން ފާހަގަކުރެއްވި އެވެ. ހާއްސަކޮށް އަތޮޅުތަކުގެ ސްކޫލުތަކުގައި އެފަދަ މުދައްރިސުން ވަކިން މަދުކަން ވަޒީރު ފާހަގަކުރެއްވި އެވެ.

އެޑިޔުކޭޓަރ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ އިކުއުޓީ އެންޑް އިންކްލޫޝަންގައި އީ ލަރނިން 7 މޮޑިއުލްއެއް ފަރުމާކޮށްފައިވެއެވެ. މި މޮޑިއުލް މިހާރު ވަނީ އެދުރު ޕޯޓަލް މެދުވެރިކޮށް ސުކޫލްތަކަށް ހުޅުވާލާފައިވެ އެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d