logo

އަންނަ އަހަރު ކީސްޓޭޖް އެކެއްގެ ދަރިވަރުންގެ ފޮތްތަކަށް ބޮޑު ބަދަލެއް އަންނާނެ: މިނިސްޓަރު ޝަފީއު

އައިޝަތު ހިދާޔާ

12 ސެޕްޓެމްބަރު 2026 - 06:25
އަންނަ އަހަރު ކީސްޓޭޖް އެކެއްގެ ދަރިވަރުންގެ ފޮތްތަކަށް ބޮޑު ބަދަލެއް އަންނާނެ: މިނިސްޓަރު ޝަފީއު

ޓީޗަރުންގެ ކޮންފަރެންސްގައި މިނިސްޓަރު ވާހަކަދައްކަވަނީ -- ފޮޓޯ/ ޕީއެސްއެމް

SHARE

އަންނަ އަހަރު ކީސްޓޭޖް އެކެއްގައި ކިޔަވާ ދަރިވަރުންގެ ފޮތްތަކަށް ބޮޑު ބަދަލެއް އަންނާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިނިސްޓަރު މިފަދައިން ވިދާޅުވީ, މިއަދުފެށި އަށްވަނަ ޓީޗަރުންގެ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ, ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށް ގެންނަންޖެހޭ ބަދަލުތައް މިނިސްޓްރީން މިހާރު ގެންނަމުން ދާކަމަށެވެ. އެގޮތުން ނެޝަނަލް އިންސްޓްޓިއުޓް އޮފް އެޑިއުކޭޝަނާ ގުޅިގެން ދަރިވަރުންނަށް ކިޔަވައިދޭ ކޮންޓެންޓަށް ބަދަލު ގެނައުމުގެ މަސައްކަތް ވެސް ކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

"އެގޮތުން މިއަންނަ އަހަރު الله އިރާދަކުރެއްވިޔާ ކީސްޓޭޖް އެކެއްގެ ގްރޭޑް އެކެއްގެ ފޮތްތަކަށް ބޮޑު ބަދަލެއް އަންނާނެ.," މިނިސްޓަރު ވިދާޅުވިއެވެ.

ދަރިވަރުންގެ ފޮތްތައް ބަދަލުވިއަސް ނަތީޖާއަށް ހަގީގީ ބަދަލެއް އަންނާނީ މުދައްރިސުންގެ މަސައްކަތުންކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. ދަރިވަރުންނަށް އެންމެ ބޮޑު ބަދަލެއް އަންނާނީ އަދި އެންމެ މުހިންމު ކަމަކީ ވެސް ދަރިވަރުންގެ ކިޔެވުން ބައްޓަންކުރަން ވިސްނާ ގޮތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓރަު ވިދާޅުވީ މިސަރުކާރުން ވެރިކަމާ ހަވާލުވީއިރު, އޭލެވެލް ކިޔަވާ ދަރިވަރުންގެ އިންސައްތަ ވަރަށް ކުޑަކަމަށެވެ.

"ކުރީގަ 30 އަކަށް އިންސައްތަ 40 އަކަށް އިންސައްތަ ގާތްކުރާ ވަރަކަށް އޮތް ހަޔާ ސެކަންޑްރީ އެޑިއުކޭޝަނުގެ އިންސައްތަ މިހާރު 50އާ ގާތްކުރާ މިންވަރަށް މިދަނީ މަތިވަމުން," މިނިސްޓަރު ވިދާޅުވިއެވެ.

އުންމީދަކީ މާލޭގައި ވޮކޭޝަނަލް ސްކޫލު ގާއިމްކުރެވި ހުޅުވާލާ ފުރުސަތުތަކާއެކު އޭލެވެލް ކިޔަވާ ދަރިވަރުންގެ އަދަދު 60 އިންސައްތައަށް ގެންދިއުން ކަމަށް މިނިސްޓރަު ވިދާޅުވިއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d