logo

ޖުލައި މަހު މިނިސްޓްރީއަށް ގެވެށި އަނިޔާގެ 54 މައްސަލައެއް، ޖިސްމާނީ އަނިޔާގެ 32 މައްސަލަ

ފާތިމަތު މިޝްކާ

20 އޯގަސްޓު 2026 - 08:30
ޖުލައި މަހު މިނިސްޓްރީއަށް ގެވެށި އަނިޔާގެ 54 މައްސަލައެއް، ޖިސްމާނީ އަނިޔާގެ 32 މައްސަލަ

ޕާކުތައް ހުޅުވުމުގެ ތެރެއިން / ފޮޓޯ: އިންފްރާސްޓްރަކްޗަރ މިނިސްޓްރީ

SHARE

2026 ވަނަ އަހަރުގެ ޖުލައި މަހު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ ޖުމްލަ 54 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެ ވުޒާރާއިން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލައެވެ. ޖިސްމާނީ އަނިޔާގެ 32 މައްސަލައެއް ވަނީ ޖުލައި މަހު ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ގުޅޭ 27 މައްސަލައަކާއި ފިރިހެނުންނާއި ގުޅޭ 05 މައްސަލައެއް ހިމެނޭ ކަމަށް ވުޒާރާއިން ހާމަކޮށްފައިވެ އެވެ.

ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލައަކީ ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ 12 މައްސަލައެއްވަނީ ރިޕޯޓުކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ގުޅޭ 09 މައްސަލައަކާއި ފިރިހެނުންނާއި ގުޅޭ 03 މައްސަލައެއް ކަމަށް އެ ވުޒާރާއިން ބުނެ އެވެ.

މީގެ އިތުރުން، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 03 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 03 މައްސަލަ، ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ 01 މައްސަލަ، މާލީ އަދި އިގްތިސާދީ ފުދުންތެރިކަން ފޯރުކޮށްދިނުމަށް ހުރަސްއެޅުމުގެ 01 މައްސަލަ، މުދާ ހިފެހެއްޓުމުގެ 01 މައްސަލަ އަދި މުދަލަށް ގެއްލުންދިނުމުގެ 01 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް ވުޒާރާއިން ހާމަކުރެ އެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، އަންހެނުންނާއި ގުޅޭ 45 މައްސަލައަކާއި ފިރހެނުންނައި ގުޅޭ 09 މައްސަލައެއް ކަމަށް ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

އާއިލީ މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިފަދަ 26 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ހަޟާނާގެ މައްސަލަތަކުގެ 08 މައްސަލަ، ކުދިން ބެލުމުގައި ޖެހޭ މައްސަލައިގެ 06 މައްސަލަ، ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ މައްސަލަތަކުގެ 06 މައްސަލަ، ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ މައްސަލަތަކުގެ 05 މައްސަލަ އަދި އެހެނިހެން މައްސަލަތަކުގެ 01 މައްސަލަ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ޢާއިލީ މައްސަލަތަކުގެ ތެރޭގައި ޖުމްލަކޮށް ހިމެނެނީ، އަންހެންކުދިންގެ 14 މައްސަލައާއި ފިރިހެން ކުދިންގެ 12 މައްސަލައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d