logo

ތިނަދޫގައި އަލުން މީހުން އާބަދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ޖަލްސާއަށް ޔާމީނާއި ނަޝީދު ވަޑައިގަންނަވަނީ

ފާތިމަތު މިޝްކާ

20 އޯގަސްޓު 2026 - 10:13
ތިނަދޫގައި އަލުން މީހުން އާބަދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ޖަލްސާއަށް ޔާމީނާއި ނަޝީދު ވަޑައިގަންނަވަނީ

SHARE

ގދ. ތިނަދޫގައި އަލުން މީހުން އާބަދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ޖަލްސާއަށް ކުރީގެ ދެ ރައީސުން ކަމަށްވާ އަބްދުﷲ ޔާމީނާއި މުހައްމަދު ނަޝީދު ވަޑައިގެންނަވާކަން ތިނަދޫ ސިޓީ ކައުންސިލުން ހާމަކޮށްފި އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 22 އޮގަސްޓް ވާ ހޮނިހިރު ދުވަހު އެވެ. މި ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި ކުރީގެ ހުރިހާ ރައީސުންނަށް ވެސް ދައުވަތު ދެއްވާފައިވާކަމަށް އެ ކައުންސިލުން ހާމަކޮށްފައިވެ އެވެ.

"ތިނަދޫ އާބާދީ 60"ގެ ނަމުގައި މި ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވެ އެވެ.

އެގޮތުން މިރެއިން ފެށިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް އެ ކައުންސިލުން ވަނީ ނިންމާފައިވެ އެވެ.

އެންމެ ފުރަތަމަ ހަރަކާތެއްގެ ގޮތުގައި މިރޭ 8:30ގައި ފުޅަނދު ބުރެއް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފަ އެވެ. މާދަމާ ފަތިހު 60 ގަސް އިނދުމުގެ ޕްރޮގްރާމަކާއި ހެނދުނު 9:00 ގައި ތިނަދޫއިން ކަފެނާއަށް ފެތުމުގެ ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފަ އެވެ.

މާދަމާ ހަވީރު ރޮބޮމޭނާއެކު އާއިލީ ހަވީރީ ބޭއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ. އަދި މާދަމާ ރޭ ސަގާފީ ޝޯއެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު ހޮނިހިރު ދުވަހުގެ ދުވާލު ވެސް އެކި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ރާވާފައިވެ އެވެ. އެގޮތުން ހެނދުނު ދިދަ ނެގުމުގެ ރަސްމިއްޔާތަކާއި ހަވީރު އެކުވެރިކަމުގެ ބަށި މެޗެއް ކުޅުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d