logo

ރިސޯޓު އާމްދަނީގެ 40 ޕަސެންޓު މާރުކުރަން މަޖުބޫރުކުރުމުން އިގްތިސާދަށް ބޮޑެތި ލޮޅުންތައް އަރާނެ: ނަޝީދު

އައިޝަތު ހިދާޔާ

25 އޯގަސްޓު 2026 - 07:44
ރިސޯޓު އާމްދަނީގެ 40 ޕަސެންޓު މާރުކުރަން މަޖުބޫރުކުރުމުން އިގްތިސާދަށް ބޮޑެތި ލޮޅުންތައް އަރާނެ: ނަޝީދު

SHARE

ރާއްޖޭގެ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް މާރުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން މަޖުބޫރުކޮށްފި ނަމަ, ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތައް އަންނާނެކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިހާރު ވެސް ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 20 ޕަސެންޓު ބޭންކުތަކަށް މާރުކުރުމަކީ މަޖުބޫރު ކަމެކެވެ. ނަމަވެސް, މި އަދަދު 40 ޕަސެންޓަށް މަތިކުރަން ނިންމައި އެކަން ހާމަކުރީ އިއްޔެ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރެވެ. .

ސަރުކާރުގެ މި ނިންމުމަށް ފާޑުވިދާޅުވެ ނަޝީދު މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ, ރާއްޖޭގެ ގިނަ ރިސޓުތަކަކީ ޑޮލަރުން ދައްކާގޮތަށް ލޯނު ނަގައިގެން ކޮށްފައިވާ އިންވެސްޓްމަންޓުތައް ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި ބޭރުގެ އިންވެސްޓްމަންޓުތައް ގިނަކަން ފާހަގަކުރައްވަިއ ނަޝީދު ވިދާޅުވީ, ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް އިންވެސްޓުކުރާ މައިގަނޑު ސަބަބަކީ ވެސް ރަނގަޅު ފައިދާއެއް ލިބޭތީ ކަމަށެވެ.

View post on Twitter

މި ނިންމުމުގެ ސަބަބުން އިންވެސްޓަރުން ރާއްޖެއަށް އޮތް ޝައުގުވެރިކަން ކުޑަވާނެ ކަމަށާއި ފަތުރުވެރިކަމުގެ ދިގު ރާސްތާގެ ހަމަޖެހުމަށް ވެސް މިކަމުގެ ސަބަބުން އަސަރު ކުރާންކަމަށް ނަޝީދުގެ ޕޯސްޓުގައި ވެއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅާނެ ކަމަށެވެ. އޭގެތެރޭގައި, ރިސޯޓުތަކުން ލިބޭ ޑޮލަރުގެ އާމްދަނީގެ ތެރެއިން މިހާރު މާރުކުރާ 20 ޕަސެންޓުގެ ބަދަލުގައި 40 ޕަސެންޓު މާރުކުރާގޮތަށް ގަވާއިދު ބަދަލުކުރުމާއި ކޮންމެ ތިން މަހަކުން ޑޮލަރު މާރުކުރާގޮތަށް އޮންނަ އޮތުން އެއް މަހަށް ބަދަލުކުރުން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ މީގެކުރީގެ ގަވަރުނަރުންގެ ވެސް ތަސައްވުރެއްކަން ފާހަގަކުރައްވާ މުނައްވަރު ވިދާޅުވީ, ބޭނުންވަނީ މި އަދަދު 100 ޕަސެންޓަށް ވެސް ގެންދިއުން ކަމަށެވެ.

ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ އާމްދަނީ 40 ޕަސެންޓަށް އިތުރުކުރަން އިސްލާހެއް ހުށަހަޅަން ނިންމީ ވެސް ވަރަށް ގިނަ ބައެއްގެ މަޝްވަރާއަށްފަހު ކަން ގަވަރުނަރު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d