logo

އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން ތާރު އެޅުމަށް ތައްޔާރުވެއްޖެ

ފާތިމަތު މިޝްކާ

27 އޯގަސްޓު 2026 - 09:19
އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން ތާރު އެޅުމަށް ތައްޔާރުވެއްޖެ

SHARE

އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން، މަރާމާތު ކުރާ ސަރަހައްދުގައި ތާރު އެޅުމަށް ތައްޔާރުވެއްޖެ އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މާފަންނު އަމީނީ މަގުން ހަލާކުވެފައިވާ ސަރަހައްދު އަލުން މަރާމާތު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށެވެ.

އަމީނީމަގު އަލުން ތަރައްގީކުރަން ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ މަހުގެ 15ވަނަ ދުވަހުއެވެ. މާފަންނު ފުޑް ކޯޓާ ދިމާލުން އަމީނީ މަގުގައި ތާރުގަނޑު ހިއްލި ވަޅުގަނޑުގަނޑު ހެދި ވަރަށް ބޮޑަށް ވަނީ ހަލާކުވެފައެވެ.

އެހެންކަމުން އެމްޓީސީސީން ވަނީ މި މަސައްކަތް ފެށުމުގެ ކުރިން ކުރި ސާވޭއެއް ކޮށްފައެވެ. މި ސާވޭގައި ތާރުގަނޑު ކަފައިގެން ބަލަންޖެހޭ ކަންކަން ބަލާފައި ވާކަމަށް އެމްޓީސީސީން ބުންޏެވެ. އެ ކުންފުނިން އިތުރަށް ބުނީ މި މަޝްރޫއުގެ ދަށުން އަމީނީމަގާއި އިއްޒުއްދީން މަގާއި ބޮޑުތަކުރުފާނު މަގު މަރާމާތު ކުރާނެކަމަށެވެ.

ހަލާކުވެފައިވާ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ކުރީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ފެށީ މިދިޔަ ސަރުކާރުންނެވެ. އެ މަޝްރޫއަށް 84.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d