logo

ވެސްޓް ޕާކް ސަރަހައްދުގެ މަގު ތަރައްގީކުރަން ފަށައިފި

ސައިފުﷲ އަލީ

22 ސެޕްޓެމްބަރު 2026 - 12:55
 ވެސްޓް ޕާކް ސަރަހައްދުގެ މަގު ތަރައްގީކުރަން ފަށައިފި

SHARE

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ދަށުން ވެސްޓް ޕާކް ސަރަޙައްދުގައި ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އެ ސަރަހައްދުގެ މަގުގެ އެއްފަޅި މިހާރު ވަނީ ބަންދުކޮށްފައެވެ. ނަމަވެސް މަގުގެ އަނެއް ފަޅި އާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ގޮތަށް ހުޅުވާލާފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

ވެސްޓް ޕާކް ސަރަޙައްދަކީ ވިއްސާރަ މޫސުމުގައި މާލޭގައި އެންމެ އަވަހަށް ފެންބޮޑުވާ އެއް ސަރަޙައްދަށް ވުމާއެކު، މި މަޝްރޫޢުގެ ދަށުން އެ ސަރަޙައްދުގައި ފެންހިންދާ ނިޒާމު ގާއިމުކޮށް، ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މަސައްކަތުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް އެމްޓީސީސީން ވަނީ މާފަށް އެދިފައެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު ވަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް މަގު ތަރައްގީކޮށް ނިންމައި އާންމުންނަށް ހުޅުވާލާފައެވެ. އެ ސަރަޙައްދު ތަރައްގީކޮށްފައިވަނީ ފަޅުތެރެއިން ބައެއް ހިއްކައި، ހަތަރު ލޭނަށް މަގު ފުޅާކުރުމަށްފަހު، އެކެއް އިންސައްތަ ސާދަ ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައި، ދުވާރާއި ފެންހިންދާ ނިޒާމު ގާއިމުކޮށްގެންނެވެ.

މީގެއިތުރުން 500 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނަކާއެކު ތަރައްގީކުރި މި މަގުގެ ސަބަބުން އެ ސަރަޙައްދުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެން ގޮސްފައިވެއެވެ. މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން ދެން ތަރައްގީކުރާނީ އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އޮންނަ ސަރަޙައްދެވެ.

އެމްޕީއެލް ސަރަޙައްދަކީ ބަރު އުޅަނދުތަކުގައި މުދާ އުފުލާ ސަރަޙައްދަކަށް ވެފައި، ބޮޑުތަކުރުފާނު މަގުގައި އެންމެ ބޮޑަށް އަޑިގުޑަންތައް ހުރި އެއް ސަރަޙައްދު ކަމުން ދަތުރުފަތުރު ކުރުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވެއެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ބޮޑުތަކުރުފާނު މަގުގެ މުޅި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމައި އާންމުންނަށް ހުޅުވާލުމަށެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d