logo

ހުޅުމާލެ އެކްސިޑެންޓްގައި އަނިޔާވި 9 އަހަރުގެ ކުއްޖާ ނިޔާވެއްޖެ

ސައިފުﷲ އަލީ

1 ސެޕްޓެމްބަރު 2026 - 04:50
ހުޅުމާލެ އެކްސިޑެންޓްގައި އަނިޔާވި 9 އަހަރުގެ ކުއްޖާ ނިޔާވެއްޖެ

SHARE

ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް-7 ކައިރީގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބިގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ ނުވަ އަހަރުގެ ކުޑަ އަންހެންކުއްޖާ ނިޔާވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ހާދިސާގައި މަރުވެފައިވަނީ ކ. މާލެ، މ. ލެމަންޓްރީ1، ޒީވާ ސިނާން އަހްމަދެވެ. އެއީ އެކްސިޑެންޓްވި ސައިކަލުގެ ފަހަތުގައި އިން ކުޑަކުއްޖާއެވެ. އެ ކުއްޖާ މަރުވީ ރޭ ފަތިހުގެ ވަގުތެއްގައެވެ. ޒީވާގެ ކަށުނަމާދު އޮތީ މިއަދުގެ މެންދުރުނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ ހިތިގަސްމަގު، ވިނަރެސް-7 ކައިރީގައެވެ.

އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތަކުން މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، މަގުގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ.

މި ހާދިސާގައި ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެން މީހާއަށްވެސް އެކި ވަރުގެ އަނިޔާތައް ލިބިފައިވެ އެވެ. ފުލުހުން ދަނީ މި އެކްސިޑެންޓާ ގުޅޭ އިތުރު މައުލޫމާތުތައް ސާފުކޮށް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d