logo

އެކްސިޑެންޓުގައި އަނިޔާވި ބައްޕަގެ ފުރާނަ ސަލާމަތްކުރެވޭނެ ކަމުގެ އުންމީދު ކަނޑާލައިފި

ސައިފުﷲ އަލީ

1 ސެޕްޓެމްބަރު 2026 - 14:52
އެކްސިޑެންޓުގައި އަނިޔާވި ބައްޕަގެ  ފުރާނަ ސަލާމަތްކުރެވޭނެ ކަމުގެ އުންމީދު ކަނޑާލައިފި

SHARE

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފިރިހެން މީހާގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެމުން އަންނައިރު، އޭނާގެ ފުރާނަ ސަލާމަތްކުރެވޭނެ ކަމުގެ އުންމީދު ޑޮކްޓަރުން ކަނޑާލައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެނގިފައިވާ ގޮތުގައި އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ލިބުނު އެ މީހާއަށް މިހާރު ފަރުވާދެމުން ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައެވެ.

މާލެ ސިޓީ ކައުންސިލުގެ ހުޅުމާލޭ އުތުރު ދާއިރާގެ މެމްބަރު ފާތުމަތު ޒަހިއްޔާ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 9 ގެ ކައިރީގައެވެ.

މި ހާދިސާ ހިނގާފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ އޭނާގެ ދަރިފުޅު މަސްޖިދު އަމީލް ޖަލީލުގައި އަދާކުރާ ވަޒީފާއަށް ފިންގާ ޖެހުމަށްޓަކައި ގޮވައިގެން ދިޔަ މަގުމަތީގައެވެ.

އެކްސިޑެންޓުގައި އަނިޔާވި ބައްޕައަކީ ސްކޫލްތަކުގައި ޓީޗަރެއްގެ ގޮތުގައި ދިގު މުއްދަތަކަށް ގިނަ ކުދިންތަކަކަށް ކިޔަވައިދީފައިވާ ތައުލީމީ އެދުރެކެވެ. ކިޑްނީގެ މައްސަލައެއްގެ ސަބަބުން ޑަޔަލިސިސް ހަދަމުންދިޔަ ނަމަވެސް، އޭނާ ދިޔައީ ގޭގައި ހުރެގެންވެސް ތަފާތު އެކި ކުދިންނަށް އުނގަންނައިދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d