logo

އިމާރާތްތަކުގައި ރޯކޮށް ލޫޓުވުމަށް ހިތްވަރުދިން ޖުމާން ހައްޔަރުކޮށްފި

ސައިފުﷲ އަލީ

22 އޮކްޓޯބަރު 2026 - 16:48
އިމާރާތްތަކުގައި ރޯކޮށް ލޫޓުވުމަށް ހިތްވަރުދިން ޖުމާން ހައްޔަރުކޮށްފި

SHARE

ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ރޯކޮށް، ފިހާރައެއް ލޫޓުވުމަށް ސޯޝަލް މީޑިއާގައި ހިތްވަރުދީ ގޮވާލި އަލީ ޖުމާން ކޯޓު އަމުރެއްގެ ދަށުން މިއަދު ފުލުހުން ހައްޔަރުކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް، ކުއްޅަވައްގެ، އުމުރުން 25 އަހަރުގެ އަލީ ޖުމާންއެވެ. ފުލުހުން ބުނީ އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް ހިތްވަރުދީ ގޮވާލި މައްސަލައެއްގައި ކަމަށެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް މިފަދަ ޣައިރުގާނޫނީ އަމަލުތަކަކަށް ހިތްވަރުދީ ގޮވާލި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ރާއްޖޭގެ ސުޕްރީމް ކޯޓާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އަދި ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ހުޅުޖެހުމަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ޕޯސްޓެއްކުރި މައްސަލައެއްގައި ކުރީގެ ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނެންޓް އަދި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ވެސް ދާދި ފަހުން ވަނީ ހައްޔަރުކޮށްފައެވެ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d