logo

ޖިންސީ ގޯނާގެ މައްސަލައެއްގައި ނުވަ މީހުން ހައްޔަރުކޮށްފި

އައިޝަތު ހިދާޔާ

24 އޮކްޓޯބަރު 2026 - 08:41
ޖިންސީ ގޯނާގެ މައްސަލައެއްގައި ނުވަ މީހުން ހައްޔަރުކޮށްފި

ފުލުހުންގެ މައި އިދާރާ

SHARE

ޖިންސީ ގޯނާގެ މައްސަލައެއްގައި މިއަދު ނުވަ މީހަކު ހައްޔަރުކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ފުލުހުން ބުނީ މިއީ އަޕާ ސައުތް ޕޮލިސް ޑިވިޝަން ހިމެނޭ ރަށެއްގައި 22 އަހަރުގެ ޒުވާން އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށެވެ. މި މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައި ވަނީ, މިދިޔަ އަންގާރަ ދުވަހުއެވެ.

ފުލުހުން ބުނީ, ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް އެ ކުދިން އެކްސްޕްލޮއިޓް ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ވެސް މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފާހަގަވެފައިވާކަމަށެވެ. މި ތުހުމަތުތަކުގެ ސަބަބުން މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ހާއްސަ ޓީމެއް މިހާރު އެރަށަށް ފޮނުވާފައި ވާކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d