.jpeg&w=3840&q=75)
SHARE
ވެރިފަރާތުގެ ސިޓީއެއް ހުށަހެޅުމުން، އެ ސިޓީގައި ބަޔާންކޮށްފައިވާ މީހަކަށް ވެސް އައިޑީކާޑު ދޫކުރާ ގޮތަށް އުސޫލު ބަދަލުކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރީ (ޑީއެންއާރު) އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އާއްމުންނަށް ވީހާ ވެސް ފަސޭހައިން އައިޑީކާޑު ނެގޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށެވެ. އެހެންވެ، ވެރިފަރާތުގެ ސިޓީއެއް ހުށަހެޅުމުން އަންނަ އާދިއްތަ ދުވަހުން ފެށިގެން، އެ ސިޓީގައި ބުނެފައިވާ މީހަކަށް ކާޑު ދޫކުރާނެ ކަމަށް ވެސް ބުނެއެވެ.
މީގެ އިތުރުން، އައިޑީކާޑު ދޫކުރުމަށް ފަހު، ވެރިފަރާތަށް ކާޑު ނުލިބިގެން ޝަކުވާ ހުށަހަޅައިފި ނަމަ، އެ މައްސަލަ ތަހުގީގުކުރަން އެ ޑިޕާޓްމަންޓުގެ ފަރާތުން ފުލުސް އޮފީހަށް ހުށަހަޅާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ ކުރިން އައިޑީކާޑު ދޫކުރަނީ ހަމައެކަނި ވެރިފަރާތަށެވެ. އެކަމުގެ ސަބަބުން އައިޑީކާޑު ނެގުމުގައި އެތައް ދަތިތަކެއް ކުރިމަތިވެއެވެ.