logo

ޑީއެންއާރުގެ ބެކްލޮގް ފިލުވައިލައިފި؛ ދެން 24 ގަޑިއިރުތެރޭ އައިޑީކާޑު ލިބޭނެ!

ޑީއެންއާރުގެ ބެކްލޮގް ފިލުވައިލައިފި؛ ދެން 24 ގަޑިއިރުތެރޭ އައިޑީކާޑު ލިބޭނެ!

SHARE

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ބެކްލޮގް މުޅިން ފިލުވައިލެވިފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ޑީއެންއާރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި ސަރުކާރު ހަވާލުވިއިރު، 17 ނޮވެމްބަރުގައި 2378 އައިޑީ ކާޑު ހަވާލުނުކުރެވި ބެކްލޮގެއް އޮތެވެ. އެބެކްލޮގާއެކު އަލަށް ހުށަހެޅުމު ފޯމުތަކާ ވެސް އެކު މިހާރު ޕެންޑިންގައި އެއްވެސް އައިޑީ ކާޑެއް ނެތެވެ.

މީގެ އިތުރުން، އެ އިދާރާއިން ބުނާ ގޮތުގައި ހުށަހަޅާ ފޯމުގައި މައްސަލައެއް ނެތްނަމަ 24 ގަޑިއިރުގެ ތެރޭގައި ދެން އައިޑީކާޑު ހަވާލުކުރެވޭނެއެވެ.

ވެރިފަރާތުގެ ސިޓީއެއް ހުށަހެޅުމުން، އެ ސިޓީގައި ބަޔާންކޮށްފައިވާ މީހަކަށް ވެސް އައިޑީކާޑު ދޫކުރާ ގޮތަށް ވެސް މިދިޔަ މަހު ޑީއެންްއާރުން ވަނީ އުސޫލުބަދަލުކޮށްފައެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/