ބޭރު ގައުމެއްގައި ފުރަތަމަ ފަހަރަށް ދިވެހި އީ-ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފަށައިފި
މިރާޝް މޫސާ

SHARE
ދިވެހި އައިޑީ ކާޑާއި އީ-ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުގައި މިއަދު ފަށައިފިއެވެ.

މި ޚިދުމަތް އިފްތިތާހުކުރީ މެލޭޝިޔާގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މެލޭޝިޔާގައި ހަތަރު ހާހެއްހާ ދިވެހީން ދިރިއުޅެއެވެ. އެ ގައުމުގައި ފުރަތަމަ ޕްރިންޓުކުރި ދިވެހި ޕާސްޕޯޓާއި އައިޑީ ކާޑު، އޭގެ ވެރިފަރާތާ ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ ހަވާލުކޮށްދެއްވާފައެވެ.
މާދަމާ އިން ފެށިގެން މި ދެ ޚިދުމަތް ވެސް މެލޭޝިޔާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ލިބޭނެއެވެ. މިއީ ބޭރު ގައުމެއްގައި ރާއްޖޭގެ އީ-ޕާސްޕޯޓު ދޫކުރާ ފުރަތަމަ ފަހަރެވެ.
މި ސަރުކާރުން ވަނީ ރާއްޖޭގެ ރަށްރަށުގައި އައިޑީކާޑް ޕްރިންޓް ކުރުމުގެ ޚިދުމަތް ވެސް އަލަށް ދޭން ފަށާފައެވެ. އެގޮތުން މިހާތަނަށް 15 ރަށެއްގައި މި ޚިދުމަތް އަންނަނީ ދެމުންނެވެ.
.png&w=3840&q=75)
މެލޭޝިޔާގައި ފުރަތަމަ ފަހަރަށް ޕްރިންޓްކުރި ދިވެހި އައިޑީކާޑް އޭގެވެރިފަރާތާ މިނިސްޓަރު އިހްސާން ހަވާލުކޮށްދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ކުރެއްވި މި ދަތުރުފުޅުގައި ވަނީ ރާއްޖެ - މެލޭޝިޔާ އިވެސްޓްމަންޓް ފޯރަމެއް ވެސް މިއަދު ބާއްވާފައެވެ.
މެލޭޝިއާގައި ދިވެހީން ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅޭ ގައުމެކެވެ. އެގޮތުން މަތީ ތައުލީމު ހާސިލުކުރުމަށާއި ވަޒީފާ އަދާކުރުމަށް ވެސް ގިނަ އަދަދެއްގެ ދިވެހީން ގޮސް އުޅެއެވެ.
