އޭދަފުއްޓާއި ދަރަވަންދޫގައި އައިޑީކާޑް ޕްރިންޓް ކުރުމުގެ ޚިދުމަތް ފަށައިފި
މިރާޝް މޫސާ
21 މޭ 2025 - 16:06

SHARE
ބ. ދަރަންވަންދޫއާއި އެ އަތޮޅު އޭދަފުށީގައި އައިޑީ ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް މިއަދު ފަށައިފިއެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނީ އެ ދެ ރަށުގައި އައިޑީކާޑް ޕްރިންޓް ކުރުމުގެ ޚިދުމަތް މިއަދު ފަށާފައިވާ ކަމަށެވެ.
މިކަމުގެ ސަބަބުން ބ. އަތޮޅުގެ ރައްޔިތުން އައިޑީކާޑް ހެއްދުމަށްޓަކައި މާލެ އަންނަންޖެހޭ އައުން ނިމުނީއެވެ.
އައިޑީކާޑް ހެއްދުމަށް އޮންލައިންކޮށް ފޯމް ހުށަހެޅެއެވެ.
ހޯމް މިނިސްޓްރީން ބުނީ މިހާތަނަށް ރާއްޖޭގެ 15 އަށްވުރެ ގިނަ ރަށުގައި އައިޑީކާޑް ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށިފައިވާ ކަމަށެވެ.
.png&w=3840&q=75)
ސަރުކާރުން އަންނަނީ ދިވެހީން އާންމުކޮށް ވަޒަންވެރިވެގެން ދިރިއުޅޭ ބޭރު ގައުމުތަކުގައި ވެސް މި ޚިދުމަތް ފެށުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މެލޭޝިޔާގައި މި ޚިދުމަތް ވަނީ ފަށާފައެވެ.