
ހިޔާ ސަރަހައްދުގެ ފްލެޓުތަކެއް --
SHARE
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގިނަ އަދަދެއްގެ މީހުންގެ އަތުން ފޭރުނު ބަޔަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މީހަކު ބްލެކްމެއިލްކޮށްގެން ފޭރެން އުޅުނު ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ރޭ އެސަރަހައްދުގެ އާންމުން ވަނީ ހިފަހައްޓާފައެވެ. އެނގިފައިވާ ގޮތުގައި އެ ގުރޫޕުން ވަނީ ކޮޓަރި ކުއްޔަށްދޭ ކަމަށް ބުނެ އެ މީހާ ހިޔާ ފްލެޓަކަށް ގެންގޮސް، ބަރަހަނާކޮށް، ބްލެކްމެއިލްކޮށްގެން ފޭރިފައެވެ.
ފުލުހުން ބުނީ އެ ސަރަހައްދުގައި ބަޔަކު ހިފަހައްޓައިގެން އުޅޭ ކަމުގެ ރިޕޯޓުކޮށްގެން އެ ސަރަހައްދަށް ގޮސް ބެލި ބެލުމުން އެ މީހުން އިތުރު މީހެއްގެ އަތުން އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ފައިސާ ފޭރިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދެ މީހަކާއި، 36 އަހަރުގެ މީހަކާއި، 45 އަހަރުގެ މީހެކެވެ. މި އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.
އެ މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.