logo

ޗެކް ޕޮއިންޓަކުން މަޑުކުރަން ބުނުމުން މަޑުނުކޮށް ގޮސް ފުލުހެއްގެ ގައިގައި ޖައްސައިފި

ސައިފުﷲ އަލީ

25 ޖޫން 2025 - 16:57
ޗެކް ޕޮއިންޓަކުން މަޑުކުރަން ބުނުމުން މަޑުނުކޮށް ގޮސް ފުލުހެއްގެ ގައިގައި ޖައްސައިފި

SHARE

ފުލުހުންގެ ޗެކް ޕޮއިންޓަކުން މަޑުކުރަން ބުނުމުން މަޑުނުކޮށް ބާރު ސްޕީޑުގައި ދުއްވައިފައި ގޮސް ފުލުހެއްގެ ގައިގައި ޖެއްސި މީހަކު ހައްޔަރުކޮށްފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 8:20 އެހައިކަންހާއިރު، ހުޅުމާލޭ، ޖަވާހިރުމާ ހިނގުމުގައި ފުލުހުންގެ ވެހިކަލް ޗެކް ޕޮއިންޓް ޖަހައިގެން ބަލައި ފާސް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ މަގުން އިރަށް ދުއްވާފައި ދިޔަ ސައިކަލެއް މަޑުކުރަން ފުލުހުން ބުނި ކަމަށެވެ. ނަމަވެސް މަޑު ނުކޮށް ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައި ގޮސް ފުލުހެއްގެ ގައިގައި ޖައްސާފައިވާ މައްސަލައާ ގުޅިގެން އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ހައްޔަރު ކުރީ މ. ބަހާރުވިލާ، ޔޫނުސް ޚަލީލް ޢަބްދުﷲއެވެ. އޭނާއަކީ 18 އަހަރުގެ ޒުވާން ފިރިހެނެކެވެ.

ފުލުހުން އިތުރަށް ބުނީ. ސައިކަލުން ޖެއްސުމުގެ ސަބަބުން ފުލުސް އޮފިސަރަށް އަނިޔާވެފައިވާ ކަމަށާއި ޔޫނުސްގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ވެސް ނޯންނަ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަަލަ ތަހުގީގުކުރަމުންނެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/