މަޑިވަރާ ދިމާލު ކަނޑުމަތިން އެކްސިޑެންޓެއް: ތިން މީހަކަށް ފަރުވާދެނީ
ސައިފުﷲ އަލީ
24 ޖޫން 2025 - 18:35
.jpeg&w=3840&q=75)
SHARE
ޅ. މަޑިވަރު އެއާޕޯޓާ ދިމާލު ކަނޑުމަތިން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް ޅ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިރޭ 20:26 ހާއިރު ކަމަށެވެ.
ޅ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނީ ޑިންގީގައި ތިބި ތިން މީހުންނަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
މި އެކްސިޑެންޓްގައި ހިމެނޭ ޑިންގީ އެކްސިޑެންޓަށްފަހު ވަނީ ގެއްލިފައެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
.png&w=3840&q=75)