logo

ލޯންޗު އެކްސިޑެންޓްގައި އަނިޔާވި އެކެއްގެ ހާލު ސީރިއަސްވެ މާލެ ގެންނަނީ

މިރާޝް މޫސާ

24 ޖޫން 2025 - 18:59
ލޯންޗު އެކްސިޑެންޓްގައި އަނިޔާވި އެކެއްގެ ހާލު ސީރިއަސްވެ މާލެ ގެންނަނީ

SHARE

ޅ. މަޑިވަރު އެއާޕޯޓާ ދިމާލު ކަނޑުމަތިން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި އެކެއްގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ޅ. އަތޮޅު ހޮސްޕިޓަލްގެ އޮފިޝަލަކު "ނުކުތާ"އަށް ވިދާޅުވީ ހާލުސީރިއަސްވި މީހާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އަނެއް ދެ މީހުންނަށް އެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިރޭ 20:26 ހާއިރު ކަމަށެވެ.

ޅ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނީ ޑިންގީގައި ތިބި ތިން މީހުންނަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މި އެކްސިޑެންޓްގައި ހިމެނޭ ޑިންގީ އެކްސިޑެންޓަށްފަހު ވަނީ ގެއްލިފައެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/