logo

ލޯންޗު ބުރަފަތިން ޖެހި އަނިޔާވި މީހާގެ އަތް ނުފެނުނު، ދެފަހަރަށް ބަލައިފިން: ފުލުހުން

މަރްޔަމް މާޙީ

މަރްޔަމް މާޙީ

21 މޭ 2025 - 05:27
ލޯންޗު ބުރަފަތިން ޖެހި އަނިޔާވި މީހާގެ އަތް ނުފެނުނު، ދެފަހަރަށް ބަލައިފިން: ފުލުހުން

SHARE

ލޯންޗު ބުރަފަތިން ޖެހި އަނިޔާވި މީހާގެ އަތް ހޯދުމަށް ދެފަހަރަށް ބަލައިގެން ވެސް ނުފެނުނު ކަމަށް ފުލުހުން ބުނެފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ނ. އަތޮޅުގެ ރިސޯޓެއްގެ ނެރު ކައިރީގައި ފީނަން އުޅުނު ބަންގްލަދޭޝް މީހެއްގެ ގައިމަތިން ދިޔަ ލޯންޗެއްގެ ބުރަފަތިން ޖެހި އެ މީހާގެ އަތް ބުރިވި އެކްސިޑެންޓް ހިނގާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ 10:30 ހާއިރުއެވެ.

މިކަމާ ގުޅިގެން މިއަދު ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރުމަށް، އެ ލޯންޗުގެ ކެޕްޓަން އާއި ގިނަ އަދަދެއްގެ މީހުންނާ ސުވާލުކޮށް، ބަޔާން ނަގައިފައިވާ ކަމަށެވެ.

އަދި މި މައްސަލައިގެ ތަހުގީގަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހު، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/