ފައިނު އެކްސިޑެންޓް: ދެ ކުދިންނާއި ޓީޗަރު އިތުރު ފަރުވާއަށް މާލެ ގެނެސްފި
މިރާޝް މޫސާ
.jpg&w=3840&q=75)
ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންނާއެކު ސީއެމްއެބިއުލާންސް މާލެ ދަތުުރުކުރަނީ --- ފޮޓޯ: އުނގޫފާރު. ކޮމް
SHARE
ރ. ފައިނުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެ ދަރިވަރުން އިތުރު ފަރުވާއަށް މިއަދު މާލެ ގެނެސްފިއެވެ.

އެ އެކްސިޑެންޓް ހިނގީ ރޭ 19:30 ހާއިރު 18 އަހަރު ނުފުރޭ ދެ ކުއްޖަކު ބާރު ސްޕީޑްގައި ސައިކަލް ދުއްވާފައި ވަނިކޮށް، ކަސްރަތަށް ނުކުމެ އުޅުނު ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ. އެއީ ފައިނު ސްކޫލްގެ ޕްރިންސިޕަލާއި އެ ސްކޫލްގެ ޓީޗަރެކެވެ.
އެނގިފައިވާގޮތުގައި އެ ދެ ކުދިންނާއި ޓީޗަރުގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.
ޕްރިންސިޕަލަށް މާބޮޑު އަނިޔާއެއް ލިބިފައެއްނުވެއެވެ. ފަރުވާދިނުމަށްފަހު އުނގޫފާރު ރީޖިނަލް ހޮސްޕިޓަލުން އޭނާ ވަނީ ގެއަށް ބަދަލުކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގައި ދެ ކުދިންގެ އިތުރުން 49 އަހަރުގެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެކްސިޑެންޓުވި ސައިކަލު ޓޯކޮށް، އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
.png&w=3840&q=75)