ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޮޑު މެޑިކަލް ކޭމްޕެއް: ކްލިނިކްތަކާ ސްޕޮންސަރުންނަށް ރަނުގެ ފުރުސަތެއް
މިރާޝް މޫސާ

ހުޅުމާލޭ ދެވަނަ ފިޔަވަހި --
SHARE
ގިނަ ސިއްހީ ޚިދުމަތްތަކެއް ލިބޭ މެޑިކަލް ކޭމްޕެއް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވުމަށް ހުޅުމާލޭގައި އިޖުތިމާއީ ގިނަ ހަރަކާތްތަކެއް ހިންގާ ޖަމިއްޔާއެއް ކަމަށްވާ ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސް (އެޗްސީއޭ) އިން ނިންމައިފިއެވެ.

އެ ޖަމިއްޔާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާގޮތުން، މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓު މަހުގެ 30ވަނަ ދުވަހުއެވެ. މިހާތަނަށް އެ ކޭމްޕުގައި ނުވަ ކްލިނިކަކާއި، ހޮސްޕިޓަލެއް ވަނީ ބައިވެރިވެފައެވެ. އަދި ކޭމްޕު ބޭއްވުމަށް ހެލްތު މިނިސްޓްރީން މިހާރު ހުއްދަ ދީފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
މި ހަރަކާތުގައި ބައިވެރިވުމަށް ގިނަ ކްލިނިކުތަކުން އެދެމުން ދާތީ، މި ފެށޭ ޖުލައި މަހުގެ 15ވަނަ ދުވަހާ ހަމައަށް ފުރުސަތުވަނީ ހުޅުވާލާފައެވެ. ކޭމްޕުގައި ބައިވެރިވުމަށް 7954035 ނަންބަރާ ގުޅައިގެން ނުވަތަ އަށް މެއިލްކޮށްގެން ކުރިއަށްދެވޭނެއެވެ.
އެޗްސީއޭއިން ބުނީ މި ކޭމްޕުގެ މަގުސަދަކީ ހިޔާގެ 16 ޓަވަރާއި، ވިނަރެސް އަދި އެސްއޯއީ ޓަވަރުތަކުގައި ދިރިއުޅޭ ޖުމްލަ 60،000އަށް ވުރެ ގިނަ މީހުންނަށް ބޭނުންވާ ސިއްހީ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރުއްގަނޑު ސަރަހައްދުގައި ކުރިއަށްދާ މި ކޭމްޕް ސްޕޮންސާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު މިހާަރު ވަނީ ހުޅުވާލެވިފައެވެ.
.png&w=3840&q=75)
އެޗްސީއޭ އަކީ ހުޅުމާލޭގައި އިޖުތިމާއީ އެކި ހަރަކާތްތައް އިންތިޒާމުކުރުމުގައި 2022ވަނަ އަހަރުން ފެށިގެން ރަސްމީކޮށް ހަރަކާތްތެރިވަމުން އަންނަ ޖަމިއްޔާއެކެވެ. އެގޮތުން، ދީނީ އެކި ޕްރޮގްރާމްތަކާއި، ތިމާވެށީގެ ހަރަކާތްތައް އަދި ހޭލުންތެރިކުރުވުމުގެ ގިނަ ހަރަކާތްތަކެއް އެ ޖަމިއްޔާއިން ވަނީ ހިންގާފައެވެ.