logo

ހުޅުމާލެއަށް 21 އަހަރު ފުރުން ފާހަގަކުރުމަށް, ހޮނިހިރު ދުވަހު ފެމިލީ ކާނިވަލެއް ބާއްވަނީ!

މަރްޔަމް މާޙީ

މަރްޔަމް މާޙީ

7 މޭ 2025 - 09:50
 ހުޅުމާލެއަށް 21 އަހަރު ފުރުން ފާހަގަކުރުމަށް, ހޮނިހިރު ދުވަހު ފެމިލީ ކާނިވަލެއް ބާއްވަނީ!

SHARE

ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް، އެޗްޑީސީއާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވޮލަޕްމަންޓް ގުޅިގެން ފެމިލީ ކާނިވަލެއް ބޭއްވުމަށް ނިންމައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

އެޗްޑީސީން ބުނީ މިއީ ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރުމަށް، ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ އާއިލާތަކުން އެއްތަނަކަށް އެއްވެ، ކުދި ބޮޑު އެންމެންވެގެން ހިތްގައިމު މަޖާ ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ރާވާފައިވާ ހަރަކާތެއް ކަމަށެވެ.

މި ކާނިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ހުޅުމާލޭ ހިޔާ ޕާކުގައެވެ.

މި ކާނިވަލްގައި ކުޑަކުދިންނަށް ހާއްސަކޮށް ރޮބޯމޭންގެ ހުށަހެޅުމާއި އެކި ކަހަލަ ގޭމް ސްޓޯލްތަކާއި އިންފްލޭޓަބަލް ކާނިވާ ގޭމްސްތައް ކުރިއަށް ދާނެ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.

undefined

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

މި އިވެންޓުގެ ތެރެއިން 360° ފޮޓޯއާއި ވީޑިއޯ ނެގޭ ގޮތަށް ބޫތު ހުންނާނެ ކަމަށް ވެސް ބުންޏެވެ. އަދި ހަމައެހެންމެ މި އިވެންޓުގެ ތެރެއިން ހިލޭ ޑެންޓަލް ޗެކަޕް ހެދުމުގެ ފުރުސަތުވެސް ހުރިހާ ފަރާތްތަކަށް ލިބިގެންދާނެއެވެ.

ކާނިވަލްގައި ކުރިއަށްދާނެ ހަރަކާތްތައް:

• ރޮބޯމޭން ޕާފޯމެންސް

/

• އެކްޓިވިޓީ ސްޓޯލްތައް

• ގޭމް ސްޓޯލްތައް

• އިންފްލޭޓަބަލް ކާނިވާ ގޭމްސް

• ފޮޓޯ/ވީޑިއޯ ބޫތު

• ފޯމް ޕާޓީ

• ފަޔާ ވެހިކަލް (ފޮޓޯ ނެގުމަށް)

• ޓްރެފިކް ޕާކް

• ޑެންޓަލް ޗެކަޕް

އެސްޑީސީން ބުނި ގޮތުގައި މި ކާނިވާ ކުރިއަށްގެންދަނީ އައިލެންޑް ބެވަރޭޖެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދިއުރީދޫ މޯލްޑިވްސްގެ ވަރަށް ބޮޑު އެހީތެރިކަމާއެކުއެވެ. އެގޮތުން ކާނިވަލުގައި ފޯމް ޕާޓީ ކުރިއަށްގެންދަނީ އުރީދޫގެ ފަރާތުންނެވެ. އަދި މި ކާނިވަލްގައި އައިލެންޑް ބެވަރޭޖެސްގެ ފަރާތުން ކުރިއަށްގެންދާ ވަރަށް ހާއްސަ ހަރަކާތްތަކެއްވެސް އޮންނާނެ ކަމަށް ބުންޏެވެ.

މީގެ އިތުރުން އެޗްޑީސީ އިން ބުނީ މި ކާނިވަލް ކުރިއަށްގެންދަނީ ފުލުހުންނާއި، އެމްއެންޑީއެފް، އެޗްޕީއޭ، ޓްރީޓޮޕް ހޮސްޕިޓަލް، ތެލެސީމިއާ ސޮސައިޓީ، މޯލްޑިވްސް އިސްލާމިކް ބޭންކް، މަމްސް އެންޖީއޯއާއި، ކިޑްސް ޒޯން، ޑޫ ގުޑް އެންޖީއޯގެ އިތުރުން އެޗްއާރުސީއެމް ގެ ވަރަށް ބޮޑުބ އެހީތެރިކަމާ އެކުގައި ކަމަށެވެ.

މި މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކަކާއެކު ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށްވެސް އެޗްޑީސީން ވަނީ ނިންމާފައެވެ. އެގޮތުން، މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހަފްތާއަކަށް ދިގުދެމިގެންދާ ގޮތަށް ކުރިއަށްގެންދާ މި ފެސްޓިވަލްގެ ހަރަކާތްތައް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި އޮންނާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/