ހުޅުމާލެ އަށް 21 އަހަރު ފުރުން ފާހަގަކުރަން ހާއްސަ މަސްރޭހެއް ބާއްވަނީ

މަރްޔަމް މާޙީ

SHARE
ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސް ގުޅިގެން މަސްރޭހެއް ބޭއްވުމަށް ނިންމައިފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗިޑީސީން ބުނީ ހުޅުމާލޭގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދާ މި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ 15 މެއި 2025 ގައި ކަމަށެވެ. އެ ދުވަހުގެ ހަވީރު 04:00 ގައި ހުޅުމާލޭގެ ފެރީ ޓާމިނަލް ޕާކު ކައިރިން ފަށާ މި ރޭސް ނިންމާލަން ހަމަޖެހިފައިވަނީ ރޭގަނޑު 10:00 އަށެވެ.
މި މަސް ރޭހުގައި ބައިވެރިވެގެން އިނާމުތައް ހޯދުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ. އެގޮތުން:
.png&w=3840&q=75)
- އެންމެ ގިނަ މަސް ބޭނޭ ޓީމަކަށް 21،000ރ.
- އެންމެ ބޮޑު މަސް ބޭނޭ ފަރާތަކަށް 5،000ރ.
- އެންމެ މޮޅު ކެޔޮޅަށްވެސް 5،000ރ.
އެޗްޑީސީން ބުނީ މި މަސް ރޭހުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކަށް އޮންލައިންކޮށް ރަޖިސްޓާ ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާނެ ކަމަށެވެ. އެގޮތުން މި މަސް ރޭހުގައި ބައިވެރިވުމަށް ރަޖިސްޓާވުމުގެ އެންމެ ފަހުގެ ސުންގަޑިއަކީ 07 މެއި 2025 އެވެ.