
SHARE
ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރުމާ ގުޅިގެން , އެ ކާމިޔާބީ ފާހަގަ ކުރަން އޮފިޝަލް ލިވަޕޫލް ސަޕޯޓްސް ކުލަބް މޯލްޑިވްސް އިން (އޯއެލްއެސްސީ މޯލްޑިވްސް) އިން މެޗު ބެލުމާއެކު, ހަވާ އަރުވަން ނިންމައިފިއެވެ.

ކުލަބުން މައުލޫމާތު ދޭ ގޮތުގައި މި ހަރަކާތް އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު ރޭގަނޑު 7:30 އިން ފެށިގެން ހުޅުމާލެ ފޭސް ދޭއްގެ ރުއްގަނޑު ސަރަހައްދުގައެވެ.
އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި ހަރަކާތުގައި ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ, ލިވަޕޫލާއި ކްރިސްޓަލް ޕެލެސް ބައްދަލުކުރާ މެޗު ނިންމުމަށްފަހު ލިވަޕޫލަށް މި ސީޒަނުގެ ތަށި ހަވާލުކުރާ ވަގުތާ ދިމާކޮށް 10:15 އާއި 10:30 އާ ދެމެދުގައެވެ.
އަދި އޯއެލްއެސްސީ މޯލްޑިވްސް ލިވަޕޫލުގައި 2018 ވަނަ އަހަރުން ރަސްމީކޮށް ރަޖިސްޓާ ކޮށްގެން ހިނގަމުން އަންނަ ޖަމިއްޔާ އެކެވެ. މި ޖަމިއްޔާ އަކީ ރާއްޖޭގައި އެންމެ ހަރަކާތްތެރިކޮށް ހިންގަމުން އަންން އެއް ސަޕޯޓްސް ކުލަބެވެ.
.png&w=3840&q=75)