logo

ފުރަތަމަ މެޗުން ހޯދި މޮޅާ އެކު ވާދަވެރި ގުރޫޕުގައި ސްޕެއިން އެންމެ މައްޗަށް

ހަސަން އިބްތިހާލް

ހަސަން އިބްތިހާލް

15 ޖޫން 2024 - 19:48
ފުރަތަމަ މެޗުން ހޯދި މޮޅާ އެކު ވާދަވެރި ގުރޫޕުގައި ސްޕެއިން  އެންމެ މައްޗަށް

ކްރޮއޭޝިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި ސްޕެއިން ޓީުން އުފާ ފާޅުކުރަނީ --

SHARE

ވަރުގަދަ ކްރޮއޭޝިއާ ބަލިކޮށް ޔޫރޯގެ އެންމެ ވާދަވެރި އެއް ގުރޫޕުގެ އެއްވަނަ އަށް ސްޕެއިން ޖެހިލައިފިއެވެ.މިރޭ ގުރޫޕު ބީ ގައި ސްޕެއިން އާއި ދެކޮޅަށް ކުޅުނު މެޗުން ކޮރޭޝިޔާ ބަލިވީ 3-0 ގެ ނަތީޖާ އަކުންނެވެ. މެޗުގައި ސްޕެއިންގެ ތިން ގޯލް ވެސް ފެނިގެން ގޮސްފައި ވަނީ ފުރަތަމަ ހާފު ގައެވެ.މެޗުގެ 29 ވަނަ މިނެޓު ގައި އަލްވާރޯ މޮރާޓާ ސްޕެއިން ގެ ފުރަތަމަ ގޯލް ޖަހާދިން އިރު ދެވަނަ ގޯލް މެޗު ގެ 32 ވަނަ މިނެޓު ގައި ޖަހާދިނީ ފެބިއަން ރުއިޒް އެވެ. އަދި ފުރަތަމަ ހާފު ގެ އިތުރު ވަގުތު ގައި ކާވަހާލް ގެ ގޯލުން ސްޕެއިން އިން ލީޑު އިތުރަށް ފުޅާ ކުރިއެވެ.ދެވަނަ ހާފު ގައި ދެ ޓީމަށް ވެސް ގޯލް ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ލިބުނު ނަމަވެސް ދެ ޓީމަށް ވެސް އެ ފުރުސަތު ތަކުގެ ބޭނުން ކުރެވޭ ގޮތެއްނުވިއެވެ. މިގޮތުން 80 ވަނަ މިނެޓުގައި ކޮރޭޝިޔާގެ ޕެޓްކަވިޗް ފޮނުވާލި ޕެނަލްޓީ ވަނީ ސްޕެއިންގެ ގޯލްކީޕަރު މަތަކޮށްފަ އެވެ.މި މޮޅާއި އެކު ސްޕެއިން ގުރޫޕު ބީ ގެ އެއްވަނައަށް މި ވަގުތަށް ޖެހިލާފައި ވާއިރު، އަދި މިރޭ މި ގުރޫޕު ގައި އިތުރު މެޗެއް ކުޅޭނެ އެވެ. އެ މެޗު ގައި ބައްދަލު ކުރާނީ އެއްމެ ފަހުގެ ޗެމްޕިޔަން އިޓަލީ އާއި އަލްބޭނިޔާ އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/