
މެޗުގައި ސްޕެއިން މޮޅުވި ގޯލް ޖެހުމަށް ފަހު، ކުޅުންތެރިން އުފާފާޅުުރަނީ ---
SHARE
ފަހަތުން އަރާ ފްރާންސް ބަލިކޮށް ސްޕެއިން އިން ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފިއެވެ.

މިރޭ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ސެމީފައިނަލް ގައި ފްރާންސް އާއި ސްޕެއިން ވާދަ ކުރި މެޗު ސްޕެއިން އިން ކާމިޔާބު ކުރީ ފަހަތުން އަރާ 2-1ގެ ނަތީޖާ އަކުންނެވެ.މެޗު ގައި ދެ ޓީމުގެ ގޯލްތައް ވެސް ފެނިގެން ގޮސްފަ ވަނީ ފުރަތަމަ ހާފުގައެވެ.
މެޗުގައި ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ ފްރާންސް އެވެ. މި ގޯލް މެޗުގެ ނުވަވަނަ މިނެޓު ގައި އެމްބާޕޭ ނަގައިދިން ހުރަހަކުން އެ ޓީމަށް ޖަހާދިނީ ރަންޑަލް ކޯލޯ އެވެ.
އޭގެ 12 މިނެޓު ފަހުން ސްޕެއިން އިން ގޯލެއް ޖަހަ ނަތީޖާ ހަމަހަމަ ކުރި އެވެ. މި ގޯލް މެޗުގެ 21 ވަނަ މިނެޓު ގައި މޮރާޓާ ގެ އެހީތެރި ކަމާއި އެކު އެ ޓީމަށް ޖަހާދިނީ ލަމީން ޔަމާލް އެވެ. މީ ޔޫރޯ ފުޓުބޯޅާ މުބާރާތުގެ ތާރީހުގައި އެއްމެ ޒުވާން ކުޅުންތެރިޔެއް ޖެހި ގޯލެވެ. ލަމީން ޔަމާލް ގެ އުމުރަކީ 16 އަހަރާއި 362 ދުވަހެވެ.
ލަމީން ޔަމާލް ގެ ގޯލުން ފްރާންސް ހަމަޖެހިނުލެވިގެން އުޅެނިކޮށް ދެވަނަ ގޯލެއް ސްޕެއިން އިން ކާމިޔާބުކޮށް މެޗުގެ ލީޑު ނެގި އެވެ. މި ގޯލް މެޗުގެ 25 ވަނަ މިނެޓު ގައި އެ ޓީމަށް ޖަހާދިނީ މި މުބާރާތު ގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑެނީ އޮލްމޯ އެވެ. މީ މި މުބާރާތު ގައި އޮލްމޯ ސްޕެއިން އަށް ޖަހާދިން 3 ވަނަ ގޯލެވެ.

މި މޮޅާއި އެކު ސްޕެއިން ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރު ކޮއްފަވާއިރު ސްޕެއިން އާއި ފައިނަލް ގައި ވާދަ ކުރާ ޓީމެއް އިނގޭނީ މާދަމާ ރޭ ކުޅޭ ނެދެލޭދްސް އާއި އިންގްލެންޑް މެޗަށް ފަހުގައެވެ.





