އެންމެ ފަހުގެ ޗެމްޕިޔަން އިޓަލީ ބަލިކޮށް ސުވިޒަލެންޑް ކުއާޓާއަށް

ހަސަން އިބްތިހާލް

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ސްވިޒަލޭންޑާއި އިޓަލީ ބައްދަލުކުރި މެޗުގެ ތެރެއިން —
SHARE
ޔޫރޯ ފުޓުބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިޔަން އިޓަލީ ބަލިކޮށް ސުވިޒަލެންޑް ކުއާޓާއަށް ދަތުރު ކޮށްފިއެވެ.

މިރޭ ޔޫރޯ ފުޓުބޯޅަ މުބާރާތު ގެ ދެވަނަ ބުރުގައި އިޓަލީ އާއި ދެކޮޅަށް ކުޅުނު މެޗު ސުއިޒްލެންޑް ކާމިޔާބު ކުރީ 2-0 ގެ ނަތީޖާ އަކުންނެވެ.
މެޗުގައި އިޓަލީ ގެ ފަރާތުން ފެނިގެން ގޮސްފަ ވަނީ ވަރަށް އާދައިގެ ކުޅުމެކެވެ.
ސުވިޒަލެންޑް ގެ ފުރަތަމަ ގޯލް މެޗު ގެ 37 ވަނަ މިނެޓު ގައި އެ ޓީމަށް ޖަހާދިނީ ރީމޯ ފްރޫލާ އެވެ.
ފުރަތަމަ ހާފު ނިމިގެން ގޮސްފައި ވަނީ 1-0 ގެ ނަތީޖާ އަކުން ސުވިޒަލެންޑް ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފު ފެށި ގޮތަށް އިތުރު ގޯލެއް ޖަހާ ސުވިޒަލެންޑުން ލީޑު ފުޅާ ކުރި އެވެ.
މި ގޯލް މެޗު ގެ 46 ވަނަ މިނެޓު ގައި ޖަހާދިނީ ރުބެން ވާގަސް އެވެ.
މި ގޯލަށް ފަހު އިޓަލީ އިން ކުޅުން ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރިނަމަވެސް މެޗު ނިމިގެން ގޮސްފަ ވަނީ ގޯލެއް އެ ޓީމަށް ކާމިޔާބު ނުކުރެވިއެވެ.
މި މޮޅާއި އެކު ސުއިޒްލެންޑް ކުއާޓާ ފައިނަލަށް ގޮސްފަ ވާއިރު އެ ޓީމު ކުއާޓާ ގައި ކުޅޭނީ އިންގްލެންޑް އާއި ސްލޮވާކިޔާ ކުޅޭ މެޗުން މޮޅުވާ ޓީމް އަކާއި އެވެ.





