logo

ވަރުގަދަ ޕޮލެންޑް ބަލިކޮށް އޮސްޓްރިއާ އިން ދެވަނަ ބުރުގެ އުއްމީދު ދަމަހައްޓައިފި

ހަސަން އިބްތިހާލް

ހަސަން އިބްތިހާލް

21 ޖޫން 2024 - 19:05
 ވަރުގަދަ ޕޮލެންޑް ބަލިކޮށް އޮސްޓްރިއާ އިން ދެވަނަ ބުރުގެ އުއްމީދު ދަމަހައްޓައިފި

SHARE

މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރަތުގެ ގްރޫޕްވަރުގަދަ ޕޮލެންޑް ބަލިކޮށް އޮސްޓރޭލިޔާ އިން ދެވަނަ ބުރުގެ އުއްމީދު ދަމަހައްޓައިފި އެވެ.ގުރޫޕު ޑީ ގައި މިރޭ އޮސްޓްރިއާ އާއި ޕޮލެންޑް ވާދަ ކުރި މެޗު އޮސްޓްރިއާ ކާމިޔާބު ކުރީ 3-1 ގެ ނަތީޖާ އަކުންނެވެ.މެޗު ގައި ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ ވެސް އޮސްޓްރިއާ އިންނެވެ. މި ގޯލް މެޗު ގެ 9 ވަނަ މިނެޓު ގައި އެ ޓީމަށް ޖަހައި ދިނީ ޓްރައުނާ އެވެ.ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕޮލެންޑުން ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކުރިއެވެ. މި ގޯލް އެ ޓީމަށް ޖަހައި ދިނީ މެޗު ގެ 30 ވަނަ މިނެޓު ގައި ޕިޔަޓެކް އެވެ.ފުރަތަމަ ހާފު ނިމުނީ 1-1 ގެ ނަތީޖާ އަކުން ދެ ޓީމް އެއްވަރު ވެގެންނެވެ.ދެވަނަ ހާފު ގައި އޮސްޓްރިއާ އިން ކުޅުން އިތުރަށް ވަރުގަދަ ކޮށް އިތުރު ދެ ގޯލް ކާމިޔާބު ކުރި އެވެ. އޮސްޓްރިއާގެ ދެވަނަ ގޯލް މެޗު ގެ 66 ވަނަ މިނެޓު ގައި އެ ޓީމަށް ޖަހާދިނީ ބައުމްގާޓްނާ އެވެ.މެޗުން އޮސްޓްރިއާ އަށް 3 ޕޮއިންޓް ޔަގީން ކޮއްދިން ގޯލް މެޗުގެ 78 ވަނަ މިނެޓު ގައި ލިބުނު ޕެނަލްޓީ އަކުން ޖަހާދިނީ އަންއައުޓަވިޗް އެވެ.މި މޮޅާއި އެކު އޮސްޓްރިއާ ގުރޫޕު ޑީ ގެ އެއް ވަނަޔަށް ތިން ޕޮއިންޓް އާއި އެކީ ޖެހިލާފަ ވާއިރު މެޗުން ބަލިވި ޕޮލެންޑް އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި ގުރޫޕު ގެ 4 ވަނައިގަ އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/