logo

އޭޝިޔާ އަޑިއަށް ދަނީ: މިއީ އިއްތިފާގެއް ނޫން، މިއީ ނުރައްކާތެރި އިންޒާރެއް!

ހަސަން  އިޔާން

ހަސަން އިޔާން

11 ޑިސެމްބަރު 2025 - 03:05
އޭޝިޔާ އަޑިއަށް ދަނީ: މިއީ އިއްތިފާގެއް ނޫން، މިއީ ނުރައްކާތެރި އިންޒާރެއް!

އިންޑޮނޭޝިއާގެ އުތުރު ސުމަޓްރާގެ ބަޓަންގް ޓޯރޫގައި ޑިސެމްބަރު 1، 2025 ގައި ފްލެޝް ފްލަޑްގެ އަސަރު ކުރި ރަށެއް. (އޭޕީ ފޮޓޯ/ބިންސާާ ބަކަރާ، ފައިލް)

SHARE

މިއަހަރު ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކަށް ކުރިމަތިވެފައިވާ އާދަޔާ ޚިލާފު ބޮޑެތި ފެންބޮޑުވުމުގެ ހާދިސާތަކަކީ، އެ ސަރަހައްދަށް ލިބުނު ކުއްލި ސިހުމެކެވެ. މޫސުން ގޯސްވެ، އޭގެފަހުން އައި ތޫފާންތަކާއި ހުއްޓުމެއް ނެތި ވެހުނު ވާރޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އިންޑޮނޭޝިޔާ، ސްރީލަންކާ އަދި ތައިލެންޑުން އެކަނިވެސް 1,400 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި 1,000 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. އިންޑޮނޭޝިޔާގެ ބައެއް އަވަށްތަކަށް ދެވެން އޮންނަ މަގުތަކާއި ބްރިޖުތައް ހަލާކުވެ، މުޅިން އެކަހެރިވެފައިވާއިރު، ސްރީލަންކާގެ އެތައް ހާސް ބަޔަކަށް ސާފު ބޯފެން ލިބުން ވަނީ ދަތިވެފައެވެ.

އަދި މެލޭޝިޔާ، ވިއެޓްނާމް އަދި ފިލިޕީންސް ފަދަ ޤައުމުތަކަށްވެސް ވަނީ މި އަހަރުގެ ތޫފާންތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

undefinedތައިލެންޑަށް ކުރި ވިއްސާރައިގައި ފެންބޮޑުވެފައި: މިއީ ނުރައްކާތެރި އިންޒާރެއް -- ފޮޓޯ: ރޮއިޓާސް

މިއީ ކުރިން ނުފެންނަ ވަރުގެ ނުރައްކާތެރި ހާލަތެއް ކަމަށް ހީވިޔަސް، މިއީ މޫސުމީ ބަދަލުތަކާ ބެހޭ ސައިންސްވެރިން ކުރިންވެސް އިންޒާރު ދީފައިވާ، އަދި މިހާރުގެ "ނިއު ނޯމަލް" ނުވަތަ އާ އާންމު ހާލަތެވެ.

/
2026 ވަނަ އަހަރާއި އަދި އޭގެ ފަހުން އަންނަ އަހަރުތަކުގައިވެސް މޫސުން އިތުރަށް ގޯސްވެ، މިފަދަ ހާދިސާތައް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ދެކުނު އިރުމަތީ އޭޝިޔާއިން އެކަމަށް ތައްޔާރުވާން ޖެހޭ.، މެލޭޝިޔާގެ ސަންވޭ ސެންޓަރ ފޯރ ޕްލެނެޓަރީ ހެލްތުގެ އިސްވެރިޔާ ޖަމީލާ މަހްމޫދު
އޭޝިޔާއަށް މޫސުމީ ކާރިސާގެ ނުރައްކާ ބޮޑު

ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާ (ޑަބްލިޔުއެމްއޯ) އިން ބުނާ ގޮތުގައި 2024 ވަނަ އަހަރު ޖައްވުގައި ހޫނު ހިފަހައްޓާ ގޭސް ނުވަތަ ކާބަން ޑައިއޮކްސައިޑް ހުރި މިންވަރު ރެކޯޑު އަދަދަކަށް މައްޗަށް ދިއުމުގެ ސަބަބުން މޫސުމީ ކަންކަން ވަނީ "ޓާބޯ ޗާޖު" ވެފައެވެ. ނަތީޖާއެއްގެ ގޮތުން އޭޝިޔާ ސަރަހައްދު ހޫނުވަމުން ދަނީ ދުނިޔޭގެ އެހެން ހިސާބުތަކަށްވުރެ ދެގުނަ އަވަސް މިނުގައެވެ.

undefinedލަންކާއަށް މިފަހުން ކުރި ވިއްސާރައިގައި ފެންބޮޑުވެފައި -- ފޮޓޯ:ގެޓީ އިމޭޖެސް

/

ސިޓީ ޔުނިވާސިޓީ އޮފް ހޮންކޮންގްގެ ޕްރޮފެސާ ބެންޖަމިން ހޯޓަން ވިދާޅުވި ގޮތުގައި ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ތޫފާންތަކަށް އިތުރު ހަކަތަ ލިބި، އޭގެ ބާރުގަދަވެ، ވާރޭ ވެހޭ މިންވަރު އިތުރުވެއެވެ. އަދި ތޫފާންތައް އުފެދޭ މިންވަރު ވަކި އިތުރު ނުވިޔަސް، އުފެދޭ ތޫފާންތަކުގެ ނުރައްކާތެރިކަން ވަރަށް ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުތައް އޮތީ ތައްޔާރަކަށް ނޫން

ކާރިސާތަކާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި، މިފަދަ ހާދިސާތައް ހިނގާނެ ވަގުތާއި އޭގެ ނުރައްކާތެރިކަން ދެނެގަތުމަށް ސަރަހައްދީ ސަރުކާރުތައް ވަނީ ނުކުޅެދިފައެވެ. މީގެ މައިގަނޑު ސަބަބަކީ ކާރިސާއެއް ހިނގުމުން އެކަމަށް އިޖާބަދިނުމަށް އިސްކަންދީ، ކާރިސާއިން ރައްކާތެރިވުމަށް ކުރިއާލާ ފިޔަވަޅު ނާޅާ އޮތުމެވެ.

ސްރީލަންކާގެ ބައެއް ސަރަހައްދުތަކުގައި ގަވާއިދާ ޚިލާފަށް އިމާރާތް ކުރުމާއި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގެ ސަބަބުން ފެންބޮޑުވުމުގެ ގެއްލުން ބޮޑުވެފައިވާކަން އެޤައުމުގެ ތަޖުރިބާކާރުން ފާހަގަކުރެއެވެ. އަދި އިންޑޮނޭޝިޔާގައި ފެންބޮޑުވި ސަރަހައްދުތަކުން އޮޔާދިޔަ ބޮޑެތި ގަސްތަކުން ދައްކުވައިދެނީ ޖަންގަލިތައް ހަލާކުކުރުމުގެ ސަބަބުން މިކަން ގޯސްވެފައިވާ މިންވަރެވެ.

އިޤްތިޞާދަށް ބިލިއަނުން ގެއްލުން

މޫސުމީ ބަދަލުތަކުގެ ސަބަބުން ޤައުމުތަކުގެ އިޤްތިޞާދަށް ދަނީ ބޮޑެތި ގެއްލުންތައް ވަމުންނެވެ. ވިއެޓްނާމުން އެކަނިވެސް މި އަހަރުގެ ފުރަތަމަ 11 މަސް ދުވަހުގެ ތެރޭގައި 3 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާކަމަށް އަންދާޒާ ކުރެވެއެވެ. އަދި ތައިލެންޑުގެ ދެކުނަށް ކުރި ވިއްސާރައިގައި އެކަނިވެސް 781 މިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާކަމަށް ލަފާކުރެވެއެވެ.

ސްރީލަންކާ ފަދަ ޤައުމުތަކަކީ ދުނިޔެ ހޫނުވުމަށް މެދުވެރިވާ ގޭސް ބޭރުކުރާ މިންވަރު މަދު ޤައުމުތަކެއް ނަމަވެސް، މޫސުމީ ބަދަލުތަކުގެ ގެއްލުން އެންމެ ބޮޑަށް އުފުލަން ޖެހިފައިވަނީ އެފަދަ ނާޒުކު ޤައުމުތަކަށެވެ.

އެކަންކަމާއި ގުޅިގެން ކްލައިމެޓް އެނަލިޓިކްސްގެ ތޯމަސް ހޫލީ ވިދާޅުވީ ދެކުނު އިރުމަތީ އޭޝިޔާ މިވަގުތު އޮތީ މޫސުމީ ފިޔަވަޅުތައް އެޅުމުގައި ނާޒުކު ފައްތަރެއްގައި ކަމަށެވެ.

"މި ސަރަހައްދުން މި ފެންނަ މަންޒަރުތަކަކީ ވަރަށް ހިތާމަވެރި، އަދި މޫސުމީ ކާރިސާގެ ނުރައްކާތެރިކަން ހާމަކޮށްދޭ ސީދާ އިންޒާރެއް،" އޭނާ ވިދާޅުވިއެވެ.

ބްރެޒިލްގައި މިދިޔަ މަހު ބޭއްވުނު ކޮޕް-30 ސަމިޓުގައި ޤައުމުތަކުން މޫސުމީ ކަންކަމަށް ހޭދަކުރާ ފައިސާ އިތުރުކުރުމަށް ވަޢުދުވި ނަމަވެސް، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ބޭނުންވާ މިންވަރާ ގާތަށްވެސް އެ އެހީ ނުލިބޭކަން ފާހަގަކުރެވެއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/