logo

ތޫފާން ޑިޓްވާގެ ސަބަބުން ލަންކާގެ2.3 މިލިއަން މީހުންނަށް އޭގެ އަސަރުކުރި: ޔޫއެންޑީޕީ

ހަސަން  އިޔާން

ހަސަން އިޔާން

10 ޑިސެމްބަރު 2025 - 03:30
ތޫފާން ޑިޓްވާގެ ސަބަބުން ލަންކާގެ2.3 މިލިއަން މީހުންނަށް އޭގެ އަސަރުކުރި: ޔޫއެންޑީޕީ

ލަންކާގައި ތޫފާން ދިއްވާގެ ފުރަތަމަ އަސަރު މެޕިންގ މަސްދަރު:ޖިއޮސްމާޓް/ވެންޓަރ

SHARE

ނިމިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ސްރީލަންކާއަށް އެރި ތޫފާން 'ޑިޓްވާ' ގެ ސަބަބުން އެ ޤައުމުގެ 2.3 މިލިއަން މީހުންނަށް އޭގެ އަސަރުކޮށްފައިވާ ކަމަށް އދ. ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ އައު ދިރާސާއަކުން ދައްކައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ސްރީލަންކާ ސަރުކާރުގެ ޑޭޓާތަކުގެ މައްޗަށް ބިނާކޮށް ޔޫއެންޑީޕީން އާންމުކުރި ޖިއޯސްޕޭޝަލް އެނަލިސިސް ދައްކާގޮތުން، ތޫފާނުގައި 1.1 މިލިއަން ހެކްޓަރުގެ ސަރަހައްދެއްގައި ފެންބޮޑުވިއެވެ. މިއީ ލަންކާގެ ބިމުގެ ނިސްބަތުން ފަސްބައިކުޅަ އެއްބަޔަށްވުރެ ބޮޑު ސަރަހައްދެކެވެ. މި ކާރިސާއަކީ ފަހުގެ ތާރީޚެއްގައި ލަންކާއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާ ކަމަށް އެ އިދާރާއިން ސިފަކުރެއެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ތޫފާނުގެ އަސަރުކުރި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އޭގެ ތެރޭގައި 522،000 ކުޑަކުދިންނާއި 263،000 ދުވަސްވީ މީހުން ހިމެނޭއިރު، އަސަރުކުރި މީހުންގެ 60 އިންސައްތަ ދިރިއުޅެމުންދަނީ ކޮޅުނބު އަދި ގަމްޕަހަ ޑިސްޓްރިކްޓްގައެވެ.

ފެންބޮޑުވުމުގެ ސަބަބުން ލަންކާގެ އުމްރާނީ ވަސީލަތްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ގާތްގަނޑަކަށް 720،000 އިމާރާތަށް ފެންވަދެފައިވާއިރު، މިއީ އެޤައުމުގެ ކޮންމެ 12 އިމާރާތަކުން 1 އިމާރާތެވެ. މީގެއިތުރުން 16،000 ކިލޯމީޓަރުގެ މަގާއި، 278 ކިލޯމީޓަރުގެ ރޭލު ދަގަނޑު އަދި 480 ފާލަން ހުރީ ފެންބޮޑުވި ސަރަހައްދުތަކުގައެވެ.

ލަންކާގައި ހުންނަވާ ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް އަޒޫސާ ކުބޯޓާ ވިދާޅުވީ، ތޫފާން ޑިޓްވާ އަރައިފައިވަނީ އިޤްތިޞާދީ ގޮތުން ދަތި އުނދަގޫ އަހަރުތަކެއްގެ ސަބަބުން ކުރިންވެސް ބަލިކަށިވެފައިވާ ސަރަހައްދުތަކަށް ކަމަށެވެ. އަދި ފެންބޮޑުވުމާއި ނާޒުކު ހާލަތް އެއްވުމުން، އެކަމުން އަރައިގަތުން ލަސްވެ ޚަރަދު ބޮޑުވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

/

އައްސޭރިފަށުގެ އިތުރުން، ޤައުމުގެ އެތެރޭގެ އުސް ސަރަހައްދުތަކުގައި 1،200 އެއްހާ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާ ހިނގާފައިވާކަމަށްވެސް ރިޕޯޓުގައިވެއެވެ. މީގެ ސަބަބުން ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި މީހުން ސަލާމަތްކުރުމަށް ހުރަސްތަކާ ވެސް ކުރިމަތިލިއެވެ.

އިޤްތިޞާދީ ކާރިސާއިން މަޑުމަޑުން އަރައިގަތުމަށް މަސައްކަތްކުރަމުންދާ ވަގުތެއްގައި، ޤުދުރަތީ މި ކާރިސާއިން އަރައިގަތުމަށް އިތުރު ދަރަނި ނެގުމަކީ ލަންކާއަށް އުފުލޭނެ ބުރައެއް ނޫންކަމަށް ކުބޯޓާ ވިދާޅުވިއެވެ.

އެހެންކަމުން، ޤައުމު ދަރަނީގެ އަނދަވަޅަކަށް ވެއްޓުނަ ނުދީ، ވިލުންތެރިކަމާއެކު އަލުން ބިނާކުރުމަށްޓަކައި، ބައިނަލްއަޤްވާމީ ބައިވެރިން ލުއި ފައިނޭންސިން ހަމަޖައްސައިދިނުމަށް ޔޫއެންޑީޕީން ވަނީ ގޮވާލާފައެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/