logo

ލަންކާއާ ދެމެދު ބޯޑަރު ކޮންޓްރޯލް އުވާލުމުން ދެ ގައުމަށް ވެސް ފައިދާ ކުރާނެ ކަމެއް: ނަޝީދު

ޒެނީޝާ ފަތުހީ

ޒެނީޝާ ފަތުހީ

8 ޖެނުއަރީ 2026 - 11:55
ލަންކާއާ ދެމެދު ބޯޑަރު ކޮންޓްރޯލް އުވާލުމުން ދެ ގައުމަށް ވެސް ފައިދާ ކުރާނެ ކަމެއް: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގައި ވާހަކަދައްކަވަނީ -- ފޮޓޯ: ސީއެންއެން

SHARE

ލަންކާއާއި ރާއްޖެއާ ދެމެދު ބޯޑަރު ކޮންޓްރޯލް އުވާލުމުން ދެ ގައުމަށް ވެސް ފައިދާ ކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ނަޝީދު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި ބޯޑަރު ކޮންޓްރޯލް އުވާލުމުގެ ސަބަބުން އިގްތިސޯދީ ކުރިއެރުމާއި އިޖުތިމާއީ ގުޅުން ބަދަހިވެގެންދާނެއެވެ.

ވިސާ ޝަރުތުތަކާއި ވޯކް ޕާމިޓްތައް އުވާލުމުން ވިޔަފާރިއާއި ފަތުރުވެެރިކަމާއި މީހުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވުމަށް މަގުފަހިވެގެންދާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

View post on Twitter

/

މިހެން ނަޝީދު ވިދާޅުވެފައިވަނީ ދިވެހިންނަށް ލަންކާއަށް ދާން ވިސާ ދޫކުރުމުގައި ދަތިކުރާ މައްސަލަ ވަރަށް ހޫނުވެފަ އޮއްވައެވެ.

ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފަ ހުންނަވާ ސަފީރު މަސްއޫދު އިމާދު ވިދާޅުވީ ވިސާގެ ދަތިތަކަމުގެ ޝަކުވާ ވަރަށް ގިނައިން މިހާރު ލިބޭ ކަމަށާއި ދިވެހިންނާ މެދު ލަންކާގެ އިމިގްރޭޝަނުން އަމަލުކުރަނީ ވަރަށް އިހާނެތިކޮށް ކަމަށެވެ. މަސްއޫދު މިހެން ވިދާޅުވީ ލަންކާގެ ނޫހެއް ކަމަށްވާ "ޑެއިލީ ނިއުސް" އަށެވެ.

/
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/