އީރާން އެމްބަސީގެ ރައްދު ނަޝީދަށް: "ތި ހުރީ ކޮން ފަޅިއެއްގައި؟"

ހަސަން އިޔާން

ކުރީގެ ރައީސް މުހައްމަދު ނަޝީދު
SHARE
އީރާނުގެ ރައްޔިތުން މަގުތަކަށް ނުކުމެ ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން އީރާނުގެ ސަރުކާރަށް ފާޑުކިޔައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ޓުވީޓަކަށް، ސްްރީލަންކާގައި ހުންނަ އިރާން އެމްބަސީން ވަރުގަދަ ރައްދެއް ދީފިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ، އީރާނުގެ ރައްޔިތުން މަގުތަކަށް ނުކުމެ ގޮވަމުންދަނީ ކަރާމާތްތެރިކަމަށާއި، ދިރިއުޅުމުގެ އަގުތައް އުފުލުމާއި އަހަރުތަކެއް ވަންދެން ކުރިމަތިލާންޖެހިފައިވާ އަނިޔާވެރިކަމުން ސަލާމަތްވުމަށް ކަމަށެވެ.
އަދި އީރާނުގެ ރައްޔިތުންނަކީ މުސްލިމް އަޚުންނާއި އުޚުތުން ކަމަށްވާއިރު، ބައިނަލްއަގުވާމީ މުޖުތަމައުން އެ ގައުމުގެ ސަރުކާރު ހިމާޔަތްކުރުމުގެ ބަދަލުގައި ރައްޔިތުންނާއެކު ތިބުމަށް ނަޝީދު ގޮވާލެއްވިއެވެ.
މި ވާހަކަތަކަށް ރައްދުދީ އީރާނުގެ އެމްބަސީން ބުނެފައިވަނީ، އީރާނުގެ މަގުތަކުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަކީ 2025 ވަނަ އަހަރުގެ ޖޫން މަހު ހިނގި ހަނގުރާމައިގެ ތެރެއިން "ޒަޔަނިސްޓް ރެޖީމުން" އީރާނުގެ އާންމުންނަށް އަމާޒުކޮށް ދިން ހަމަލާތަކާ ގުޅިފައިވާ ކަމެއް ކަމަށެވެ.

އެ ހަމަލާތަކުގައި އެތައް ހާސް ބަޔަކު މަރުވެފައިވާކަން އެމްބަސީން ފާހަގަކުރިއެވެ.
އެމްބަސީގެ ބަޔާނުގައި އިތުރަށް ބުނީ، އިޒްރޭލުގެ މޮސާދް ގުޅުންހުރި ފަރާތްތަކުން އީރާނުގެ މިސްކިތްތަކާއި، ހޮސްޕިޓަލްތަކާއި، އާންމު ދަތުރުފަތުރުގެ ނިޒާމަށް ގެއްލުންދީ، ޓެރަރިސްޓް އަމަލުތައް ހިންގަމުންދާ ކަމަށެވެ.
އަދި އެމެރިކާގެ އެހީތެރިކަމާއެކު އީރާނުގެ މަގުތައް ހަލަބޮލިކުރަން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، ރައީސް ނަޝީދު ހުންނެވީ ކޮން ކޮޅެއްގައިތޯ އެމްބަސީން ވަނީ ސުވާލު އުފައްދާފައެވެ.


.jpeg&w=3840&q=75)


