logo

އީރާނަށް ހަމަލާދިނުމަށް ޑިއޭގޯ ގާސިއާ ބޭނުންކުރުމުގެ ހުއްދަ އިނގިރޭސިވިލާތުން އެމެރިކާއަށް ދީފި

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

20 މާރިޗު 2026 - 23:46
އީރާނަށް ހަމަލާދިނުމަށް ޑިއޭގޯ ގާސިއާ ބޭނުންކުރުމުގެ ހުއްދަ އިނގިރޭސިވިލާތުން އެމެރިކާއަށް ދީފި

SHARE

އީރާނުގެ މިސައިލް އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށްދޭ ހަމަލާތަކުގައި، އިންޑިއާ ކަނޑުގައި އޮންނަ ޑިއޭގޯ ގާސިއާ އަސްކަރީ މަރުކަޒު ބޭނުންކުރުމުގެ ރަސްމީ ހުއްދަ އިނގިރޭސި ސަރުކާރުން އެމެރިކާއަށް ދީފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރ ހުކުރު ދުވަހު ވިދާޅުވީ، މި ހުއްދަ ދިނުމަކީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރަށާއި ސަރަހައްދީ ސަލާމަތަށް ނުރައްކާވާގޮތަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށްޓަކައި އެޅި "މަޖުބޫރު ދިފާއީ ފިޔަވަޅެއް" ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން އެމެރިކާގެ ބީ-2 ސްޕިރިޓް އަދި ބީ-52 މަރުކާގެ ދުރު ރާސްތާ ބޮންއަޅާ ބޯޓުތަކަށް ޑިއޭގޯ ގާސިއާގެ އިތުރުން އިނގިރޭސިވިލާތުގެ އާރް.އޭ.އެފް ފެއަރފޯޑް ބޭނުންކުރުމުގެ ފުރުސަތު ލިބޭނެއެވެ.

މި ހަމަލާތަކާ ގުޅިގެން ދިވެހި ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ، އަސްކަރީ ހަމަލާތަކެއް ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ އެއްވެސް ހުއްދައެއް އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށެވެ. ޑިއޭގޯ ގާސިއާއިން ފުރައިގެން އީރާނަށް ދިއުމަށް އޮތް އެންމެ ކުރު މަގަކީ ރާއްޖޭގެ ފްލައިޓް އިންފޮމޭޝަން ރީޖަން (އެފްއައިއާރް) ހުރަސްކޮށް އޮތް މަގަށްވީއިރު، ރާއްޖޭގެ މި ނިންމުމުގެ ސަބަބުން އެމެރިކާގެ އަސްކަރީ ބޯޓުތަކަށް ދިގު އަދި އުނދަގޫ މަގުތައް ބޭނުންކުރަން މަޖުބޫރުވާނެއެވެ.

މި ނިންމުމާއެކު މެދުއިރުމަތީގެ މަސްރަހު އިތުރަށް ހޫނުވެދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/