logo

ކަނޑުމަހުގެ ޓެރިފް ކަނޑާލުމަކީ ރައީސްގެ ޚާރިޖީ ސިޔާސަތު ހަރުދަނާކަމުގެ ހެއްކެއް: ތަރުޖަމާނު

ކަނޑުމަހުގެ ޓެރިފް ކަނޑާލުމަކީ ރައީސްގެ ޚާރިޖީ ސިޔާސަތު ހަރުދަނާކަމުގެ ހެއްކެއް: ތަރުޖަމާނު

SHARE

ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ ކަޅުބިލަމަހުގެ އުފެއްދުންތަކުން ނަގަމުން އައި ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީ ކަނޑާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ ތަޞައްވުރާއި ޚާރިޖީ ސިޔާސަތު ހަރުދަނާކަމުގެ ދިރިހުރި ހެއްކެއް ކަމަށް ޗީފް ގަވަރންމަންޓް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ލިބުނު ތާރީޚީ ކުރިއެރުމެއް ކަމަށެވެ.

އިނގިރޭސިވިލާތަށް އެތެރެކުރާ ދިވެހި ކަނޑުމަހުގެ ބާވަތްތަކުން މީގެ ކުރިން %20 ގެ އިމްޕޯޓް ޑިއުޓީއެއް ނަގަމުން ދިޔަ ނަމަވެސް، މިހާރު ވަނީ 2028 ވަނަ އަހަރުގެ ނިޔަލަށް އެ ޑިއުޓީ މެދުކަނޑާލާފައެވެ. މިއީ ރައީސް މުޢިއްޒު މަސްވެރިންނަށް ވެވަޑައިގެންނެވި މުހިންމު ވަޢުދެއް ފުދިގެންދިޔުން ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން ތަރުޖަމާނު ވިދާޅުވީ، މިއީ ސަރުކާރުގެ އެކި ވުޒާރާތަކާއި އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ގުޅިގެން ކުރި ވަރުގަދަ ލޮބީ މަސައްކަތުގެ ނަތީޖާ ކަމަށެވެ. ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި، އިނގިރޭސި ރަސްގެފާނު ޗާލްސް ތިންވަނައާ ބައްދަލުކުރައްވައި، ދިވެހި މަހުގެ އުފެއްދުންތަކަށް ހުރި ހުރަސްތައް ނައްތާލުމަށް ސީދާ މަޝްވަރާ ކުރެއްވިކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ މި ބާނާ މަސް ފްރެޝްވެފައި، ސަސްޓެއިނަބަލްވެފައި، ޕޯލް އެންޑް ލައިންވެފައި، ދުނިޔޭގެ އެންމެ މަތީ މިންގަނޑުތަކަށް ފެތޭތީ އިނގިރޭސިވިލާތުގައި މި މަހަކީ ވަރަށް މަޤުބޫލު އެއްޗެއް. އެހެންނަމަވެސް، މި ޓެރިފްގެ ސަބަބުން އެކަށީގެންވާ ވަރަށް ބާޒާރުގައި ރަނގަޅު ހެޔޮ އަގެއްގައި ވިއްކަން އޮތް ހުރަސް މިހާރު މިވަނީ ނައްތާލެވިފައި،" މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވިއެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވި ގޮތުގައި، ރައީސް ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކަކީ ރައްޔިތުންނަށް ސީދާ ފައިދާކުރާނެ ކަންކަމަށް އަމާޒުކޮށްގެން ކުރައްވާ ދަތުރުފުޅުތަކެކެވެ. އަދި މި ލިބުނު ޑިއުޓީ އިސްތިސްނާގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށާއި އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d