logo

ވަތަނީ ޚިދުމަތުގެ ފަންނީ ދެވަނަ ބުރަށް 77 ޒުވާނަކު ފުރައިފި

ވަތަނީ ޚިދުމަތުގެ ފަންނީ ދެވަނަ ބުރަށް 77 ޒުވާނަކު ފުރައިފި

SHARE

އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ އަދި ޤައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމުގެ ދެވަނަ ބެޗްގެ ބައިވެރިން މިއަދު ބ. ކިހާދޫއަށް ފުރައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ތަމްރީނުގައި ބައިވެރިވާ ޒުވާނުން ފުރާފައިވަނީ ބ. ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފްގެ ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސް އަށެވެ.

View post on Twitter

މި ތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ 17 އަތޮޅެއްގެ 50 ރަށަކަށް ނިސްބަތްވާ 77 ޒުވާނުން ބައިވެރިވެއެވެ. ބައިވެރިންގެ އުމުރުފުރާއަކީ 16 އަހަރާއި 19 އަހަރާއި ދެމެދެވެ. މި ތަމްރީނުގެ ތެރެއިން ތަފާތު 6 ފަންނީ ދާއިރާއަކުން ތަމްރީނު ފުރިހަމަކުރުމުގެ ފުރުޞަތު މި ޒުވާނުންނަށް ލިބޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ޤައުމަށް ލޯބިކުރާ ޖީލެއް ބިނާކުރުމެވެ. މި ތަމްރީނުތަކަކީ ޒުވާނުންގެ ހުނަރު ތަރައްޤީކޮށް، ޤައުމީ ޚިދުމަތަށް އެކުދިން އަހުލުވެރިކުރުވުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d