ވަގަށް ވަތް ލަންކާގެ ދެ މަސްބޯޓެއް ސިފައިން ހިފަހައްޓައިފި
.jpg&w=3840&q=75)
ޒެނީޝާ ފަތުހީ

ގާނޫނާއި ހިލާފަށް ހަރަކާތްތެރިވި މަސްބޯޓު-- ފޮޓޯ: ސިފައިން
SHARE
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓެއް ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ސިފައިން ބުނި ގޮތުގައި އެ ދެ މަސްބޯޓު ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިއްޔެ ހެނދުނު 8:30 ހާއިރެވެ. މި ދެ ބޯޓު ފެނިފައިވަނީ ހއ. ކެލާގެ އިރުން 51 ނޯޓިކަލް މޭލު ބޭރުުންނެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި މިހާރު މި ދެބޯޓު ވަނީ ކުޅުދުއްފުށީ ބަނދަރަށް ވައްދައި، ފުލުހުންނާ ހަވާލުކޮށްފައެވެ. މި މައްސަލައިގެ ތަހުގީގެއް ފުލުހުން ދަނީ ހިންގަމުންނެވެ.
މި ދެ މަސްބޯޓު ހޯދާފައިވަނީ ސަރަހައްދީ ގައުމުތަކުން ހިއްސާކުރި މައުލޫމާތުގެ ޒަރިއްޔާއިން، އެއްކުރި މައުލޫމާތުގެ އަލީގައި އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއާ ކޯއިން ހިންގި ސާވެއިލަންސް އޮޕަރޭޝަނެއްގެ ތެރެއިން ކަމަށް ސިފައިން ބުންޏެވެ.



.jpg&w=3840&q=75)


