logo

ވަޠަނީ ޚިދުމަތުގެ ބައިވެރިންނަކީ ދީނަށް ލޯބިކުރާ ބަޔަކަށް ހެދުމަށް އިސްކަންދޭނެ: ރައީސް

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

24 ޖެނުއަރީ 2026 - 15:46
ވަޠަނީ ޚިދުމަތުގެ ބައިވެރިންނަކީ ދީނަށް ލޯބިކުރާ ބަޔަކަށް ހެދުމަށް އިސްކަންދޭނެ: ރައީސް

SHARE

ދިވެހި ވަޠަނީ ޚިދުމަތުގެ ބައިވެރިންނަކީ އިސްލާމީ ޝިޢާރުތަކަށް ލޯބިކުރާ، ޤައުމީ ރޫޙާއި ފަޚުރު ދިރުވާ އާލާކުރުމަށް ޝައުޤުވެރިވާ އަދި ޒިންމާދާރު ބަޔަކަށް ހެދުމަށް ވަރަށް ބޮޑު އިސްކަމެއް ދެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައީސް މިހެން ވިދާޅުވީ ދިވެހި ވަޠަނީ ޚިދުމަތުގެ ދެވަނަ ބުރުގެ ބައިވެރިން ޅ. މާފިލާފުށްޓަށް މިއަދު ފުރުމާއި ގުޅުވައި އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

މި މެސެޖުގައި، ރައީސް ވަނީ މި ތަމްރީނުގައި ބައިވެރިވާ ހުރިހާ ބައިވެރިންނަށްވެސް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ރައީސްގެ މެސެޖުގައި، މިޤައުމުގެ މުސްތަޤްބަލު ކަމުގައިވާ ދިވެހި ޒުވާނުންނަށް ފަހި ކުރިމަގެއް ކޮށައިދިނުމުގެ މަތިވެރި މަޤްޞަދުގައި ސަރުކާރުން ފެށި ދިވެހި ވަޠަނީ ޚިދުމަތުގެ ދެވަނަ ބުރުގެ ފެށުން ބައިނަލްއަޤްވާމީ ތަޢުލީމީ ދުވަހާ ދިމާވުމަކީ ޚާއްޞަ އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

މި ބުރުގައި ބައިވެރިވާ 350 ޒުވާނުން ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ "ނޭޝަނަލް ސާވިސް އިނީޝަލް ޓްރޭނިން" ފުރިހަމަކުރާނެއެވެ.

/

ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުތަކަކީ ތަފާތު ދާއިރާތަކަކަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މީގެ ތެރޭގައި ދިވެހި ޤައުމިއްޔަތު، ޒިންމާދާރު ރައްޔިތުކަން، ދީނީ ތަރުބިއްޔަތު، ލީޑަޝިޕް، ފަސްޓްއެއިޑް، ފަޔަރފައިޓިން، ހަށިހެޔޮކަން، ފެތުމާއި މޫދަށް އަހުލުވެރި ކުރުވުން އަދި ފީލްޑް އެކްޓިވިޓީތައް ހިމެނެއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ތަމްރީނުގެ މުއްދަތުގައި ޒުވާނުންގެ ހިތްތަކުގައި ދީނީ އަދި ޤައުމީ ރޫޙު އާލާކުރުމުގެ އިތުރުން، ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ މުހިންމު ހުނަރުތައް ދަސްކޮށްދެވޭނެ ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން ޒުވާނުންނަކީ ރޫހާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، އުފެއްދުންތެރި ބަޔަކަށް ވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/