logo

ސަރުކާރު ޖަވާބުދާރީ ކުރެވޭނީ ދެ އިންތިޚާބު އެއްކޮށްގެން: ރައީސް

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

3 އޭޕްރީލު 2026 - 12:55
ސަރުކާރު ޖަވާބުދާރީ ކުރެވޭނީ ދެ އިންތިޚާބު އެއްކޮށްގެން: ރައީސް

SHARE

ސަރުކާރު ޖަވާބުދާރީ ކުރެވޭނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބާއްވައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ޕީއެންސީގެ ކެމްޕޭނު ނިންމާލުމަށް ރަސްފަންނު ސަރަހައްދުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައީސް ވިދާޅުވީ މިހާރު އޮތް ނިޒާމުގެ ތެރެއިން ތިން ބާރު މަސްހުނިވަމުންދާ ކަމަށާއި، އޭގެ ސަބަބުން ސަރުކާރު އެންމެ އެދެވޭ ގޮތެއްގައި ޖަވާބުދާރީ ނުކުރެވޭ ކަމަށެވެ. ނަމަވެސް ދެ އިންތިޚާބު އެއްކޮށްލުމުން ލިބޭނީ ހުސް ފައިދާ ކަމަށާއި، އޭގެ ސަބަބުން ލިބޭނެ އެއްވެސް ގެއްލުމެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ނިންމާ ނިންމުންތަކަކީ ސިޔާސީ ފައިދާއަށް ނިންމާ ނިންމުންތަކެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ސިޔާސީ އޮރެއްޕެއް ނެތަސް، އިސްކުރާނީ ގައުމު ކަމަށެވެ. އަދި ހުރިހާ ރައްޔިތުންވެސް ވޯޓުލުމުގައި ގައުމީ ވިސްނުން އިސްކުރުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މީގެ އިތުރުން، ކުރީގެ ސަރުކާރުން ދަރުމަވަންތަ ހޮސްޕިޓަލާއި، އިސްކަންދަރު ސްކޫލް އަދި ފިނޭންސް ބިލްޑިންގ ރަހުނުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެ ހުރިހާ ތަނެއް މިހާރު މިނިވަންކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ގައުމުގެ އިގްތިސާދީ މިނިވަންކަމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ގައުމީ ވިސްނުން އިސްކޮށް ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވައިފިނަމަ، ރައްޔިތުން އެދޭފަދަ ނަތީޖާއެއް ނެރެދެއްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިޚާބުގައި "ދޫނިތަކަށް" ވޯޓު ދިނުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

https://pnc.mv/local-council-inthihaab-2026
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/