logo

ނުދެއްކޭނެ ކަމަށް ބުނި ސުކޫކު ރައީސް ދެއްކެވީ ހިކުމަތްތެރިކަމާއެކު: ސައީދު

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

2 އޭޕްރީލު 2026 - 16:21
ނުދެއްކޭނެ ކަމަށް ބުނި ސުކޫކު ރައީސް ދެއްކެވީ ހިކުމަތްތެރިކަމާއެކު: ސައީދު

SHARE

ދިވެހި ސަރުކާރުން 2021 ވަނަ އަހަރު ބައިނަލްއަގުވާމީ ބާޒާރަށް ދޫކޮށްފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު، އޭގެ ފައިދާއާއެކު ދައްކައި ހަލާސްކޮށްފައިވާކަން ފިނޭންސް މިނިސްޓްރީން ހާމަކުރުމާ ގުޅިގެން، އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު އެކަމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ސައީދު ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ރެކޯޑް އަދަދަކަށް ގައުމު ދަރުވާލާފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް 2021 ވަނަ އަހަރު ނެގި ސުކޫކަކީ 2026 ވަނަ އަހަރަށް ބްލެޓް ޕޭމަންޓެއްގެ ގޮތުގައި ދައްކަންޖެހޭ އެއްޗަކަށް ވާއިރު، އެކަން ވެގެންދިޔައީ ރާއްޖޭގެ ތާރީޚުގައި ކުރިމަތިވި އެންމެ ބޮޑު މާލީ އިމްތިހާނަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މިއީ ދިވެހި ތާރީޚުގައި ކުރިމަތިވި އެންމެ ބޮޑު މާލީ ނުރައްކަލުން ރައީސް ޑރ. މުހައްމަދު މުޢިއްޒު ގައުމު ސަލާމަތްކޮށްދެއްވި ތާރީޚީ ކާމިޔާބީއެއް ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މި ދަރަނި އުފެއްދި ކުރީ ސަރުކާރުގެ ބޭފުޅުން ބުނަމުން ދިޔައީ މި ދަރަނި ނުދެއްކޭނެ ކަމަށެވެ. ނަމަވެސް، ރައީސް ޑރ. މުއިއްޒު ވަނީ ކެތްތެރިކަމާއި ހިކުމަތްތެރިކަން އިސްކުރައްވައި، ބަސްމަދު ކުރައްވައި، ކުރިމަތިވި ހުރިހާ ގޮންޖެހުންތަކެއް ގިރާކުރައްވައި އެ ދަރަނި ދެއްކޭނެކަމުގެ ޔަގީންކަން ހޯއްދަވައިދެއްވާފައި ކަމަށް ސައީދު ވިދާޅުވިއެވެ.

"ނުވާނެކަމަށް ބުނިކަންތައް ﷲގެ ވާގިފުޅާއެކު ރައްޔިތުންގެ ރައީސް ނުހަނު ޙިކްމަތްތެރިކަމާއެކު ކޮށްދެއްވައިފި. މިއީ ދިވެހި ރައްޔިތުންނަށް ލިބުނު ތާރީޚީ ކާމިޔާބެއް،" ވަޒީރުގެ ޕޯސްޓުގައި ވިދާޅުވިއެވެ.

https://pnc.mv/local-council-inthihaab-2026

މި ކާމިޔާބީއާއެކު ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ރާއްޖެއާމެދު އޮތް އިތުބާރު އަނބުރާ ލިބި، ކުރިއަށްވުރެ އިތުބާރު ބޮޑުވެގެން ގޮސްފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އަދި ގައުމަށް މިހާރު ބޭނުންވަނީ ސިޔާސީ ކޯޅުން މަދު، ހަމަޖެހޭ އަދި ހިންގުންތެރި ނިޒާމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/