logo

ދަރުމަވަންތަ، އައިޖީއެމްއެޗް އަދި ފިނޭންސް ބިލްޑިން ރަހުނުން މިނިވަންކޮށްފިން: ރައީސް

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

3 އޭޕްރީލު 2026 - 12:46
ދަރުމަވަންތަ، އައިޖީއެމްއެޗް އަދި ފިނޭންސް ބިލްޑިން ރަހުނުން މިނިވަންކޮށްފިން: ރައީސް

SHARE

ކުރީގެ ސަރުކާރުން ނަގާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކަށް ރަހުނުކޮށްފައި އޮތް ދަރުމަވަންތަ ހޮސްޕިޓަލާއި، އައިޖީއެމްއެޗް އަދި ފިނޭންސް މިނިސްޓްރީގެ އިމާރާތް އެ ރަހުނުން މިނިވަންކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ޕީއެންސީގެ ކެމްޕޭނު ނިންމާލުމަށް ރަސްފަންނު ސަރަހައްދުގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މީގެ ދެ އަހަރާއި ބައިގެ ކުރިން މި ސަރުކާރުން ގައުމާ ހަވާލުވިއިރު، ރާއްޖެ އޮތީ އިގްތިސާދީ ގޮތުން ވަރަށް ބޮޑު އަނދަވަޅެއްގެ ތެރޭގައި ކަމަށެވެ. އަދި ބައިނަލްއަގުވާމީ އިދާރާތަކުން ވެސް ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖެ އޮތީ ދަރަނީގެ ސަބަބުން ޑިފޯލްޓްވެ، މުޅިން ބަނގުރޫޓުވާ ހިސާބުގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުރީ ސަރުކާރުން ނެގި 500 މިލިއަން ޑޮލަރުގެ ސުކޫކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ފައިސާ ނަގާފައިވަނީ އޭގެ ކުރީ ސަރުކާރުން ނަގާފައި ހުރި 250 މިލިއަން ޑޮލަރު އަދާކުރުމަށާއި، މާލީ ގޮތުން އެއްވެސް ފައިދާއެއް ނުވާ ހަރަދުތަކެއް ކުރުމަށް ކަމަށެވެ. އަދި އެ ފައިސާ އަދާކުރާނެ އެއްވެސް ޕްލޭނެއް ނެތި، ދައުލަތުގެ މުހިންމު އިމާރާތްތައް ރަހުނުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ހަމަ އެންމެ ފައިސާ ފޮއްޗެއް ޗާޕް ނުކޮށް މިއަދާއި ހަމައަށް މި އައީ، އަޅުގަނޑުމެން އިގްތިސާދުގައި ހުރި މައްސަލަތައް ހައްލު ކުރުމުގައި ހުރިހާ ނިންމުންތައް ނިންމީ މި ވިސްނުމުގައި،" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، ގައުމާ މެދު އެއްވެސް ވިސްނުމެއް ނެތް ބަޔަކު ކަންކަން ކުރާނީ ދައުލަތުގެ މުދާ ރަހުނުކޮށްގެން ކަމަށެވެ.

ސަރުކާރުން މި ސުކޫކު ދައްކައި ހަލާސްކޮށްފައިވާކަން ފިނޭންސް މިނިސްޓްރީން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ސުކޫކަށް ދައްކަންޖެހޭ އަސްލު އަދަދު ކަމަށްވާ 500 މިލިއަން ޑޮލަރާއި، އޭގެ ފައިދާގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިއަން ޑޮލަރާއެކު ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު މިހާރު ވަނީ ދައްކައި ނިންމާފައެވެ.

https://pnc.mv/local-council-inthihaab-2026

މި ނިންމުމާއެކު، ދައުލަތުގެ މުހިންމު ތިން އިމާރާތެއް މިހާރު ވަނީ ރަހުނުން މިނިވަންވެފައެވެ. މިއީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/