logo

މޭޔަރުކަމުގެ ގޮނޑި ކާމިޔާބުވާނެ ކަމާމެދު ޖަލީލުގެ ހިތުގައި ޝައްކެއް ނެތް!

ޢާއިޝަތު ނުޒުހާ

ޢާއިޝަތު ނުޒުހާ

3 އޭޕްރީލު 2026 - 10:55
މޭޔަރުކަމުގެ ގޮނޑި ކާމިޔާބުވާނެ ކަމާމެދު ޖަލީލުގެ ހިތުގައި ޝައްކެއް ނެތް!

މޫސާ އަލީ ޖަލީލް - ފޮޓޯ: ޕީއެންސީ

SHARE

މާލޭ ސިޓީގެ މޭޔަރު ކަމުގެ ގޮނޑި ކާމިޔާބުވާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށް މާލޭ ސިޓީ ކައުންސިލަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ނުކުތާގެ ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ޖަލީލް ވިދާޅުވީ ޕީއެންސީގެ ކެންޑިޑޭޓުންތައް ހޮވަން އެ ޕާޓީގެ މެންބަރުން މަސައްކަތް ކުރާނެ ކަމަށާއި މި ވަރުގެ ބޮޑު ޕާޓީއަކުން ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަކީ ޕީއެންސީގެ މޭޔޯރަލް ކެންޑިޑޭޓު. އަޅުގަނޑު ނުކުމެ މިހުރީ 75,000 މީހުންގެ ޕާޓީއަކުން. އަޅުގަނޑު ހިސާބު ޖަހާލާއިރު އަޅުގަނޑަށް ގޮނޑި ނުލިބޭންވީ އެއްވެސް ސަބަބެއް ނެތް," ޖަލީލް ވިދާޅުވިއެވެ.

"الله އިރާދަކުރެއްވިއްޔާ މި ގޮނޑި ނަގާނަން. ދެއާ އިޒް ނޯ ކުއެޝަން އެބައުޓް ދެޓް."

ޖަލީލް ވިދާޅުވި ގޮތުގައި އެއިރަކު އޮންނަ ސަރުކާރަކާ ނުގުޅި, އެއިރަކު ހުންނަ މޭޔަރަކަށް ކުރެވޭނެ އެއް ކަމެއް ވެސް ނޯންނާނެ ކަމަށާއި އެހެންކަމުން ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ މޭޔަރަކު ހޮވުމަކީ މުހިންމު ކަމެކެވެ.

https://pnc.mv/local-council-inthihaab-2026

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/