
ދިވެހިން އަސްކަރިއްޔާއާއި މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭ: މޫސާ އަލީ ޖަލީލް

އަޙްމަދު ޝާބިން

މޫސާ އަލީ ޖަލީލް
SHARE
ދިވެހިން އަސްކަރިއްޔާއާއި މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭ ކަމަށް މާލޭ ސިޓީ ކައުންސިލަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ވިދާޅުވެއްޖެއެވެ. ޖަލީލް މިހެން ވިދާޅުވީ ނުކުތާގެ ޕޮޑްކާސްޓައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަސްކަރިއްޔާ ވީމާ ރައްޔިތުންނާއި ނުގުޅޭނެޔޭ ބުނާ ވިސްނުން ބަދަލުކުރުމަށް ޖަލީލް ވަނީ ގޮވާލައްވާފައެވެ. މިގޮތަށް ވިސްނާނަމަ ވިސްނުންބަދަލު ނުވާނެ ކަމަށާއި އަދި މިއީ މިއަދު ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގެ ވިސްނުމާއި މުޅިން ހިލާފުކަމެއްކަމަށް ވެސް ޖަލީލް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ހާލަތު ނާޒުކުވެ އުދުވާނީ ހަމަލާއެއް ނުވަތަ ގުދުރަތީ ހާދިސާއެއް ފަދަ ކަމެއް މެދުވެރިވިކަމުގައި ވިޔަސް އެންމެ ކުރީ ސަފުގައި ތިބޭނި ދިވެހި ސިފައިން ކަން ޖަލީލް ވަނީ ވިދާޅުވެފައެވެ. މިކަމަށް މިސާލު ޖައްސަވަމުން ޖަލީލް ވަނީ ދިވެހި ރާއްޖެއަށް ފަހުގެ ތާރީހެއްގައި ކުރިމަތި އެންމެ ބޮޑު ސިއްހީ އަދި އިގްތިސާދި ވަބާ، ކޮވިޑްގެ ހާލަތް ސިފަކުރައްވާ ސިފައިން ދެއްވި އެހީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ސިފައިގެ ތެރޭގައިވެސް ތައުލީމީ ބޭފުޅުންކަމާއި ފަންނީ ތަަޖުރިބާކާރުން ތިއްބެވިކަމަށް ޖަލީލް ވިދާޅުވިއެވެ. އަދި ސިއްހީ ދާއިރާގެ ސުޕާ ސްޕެޝަލިސްޓުންނަށް ދެއްވާ އިހްތިރާމް އަސްކަރިއްޔާގެ ޖެނެރަލުންނަށް ނުލިބެނީ ކީއްވިކަމާމެދު ޖަލީލް ސުވާލުކުރެއްވެވިއެވެ.
މިރޭގެ ޕީއެންސީގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޖަލީލްއަކީ ގައުމެއްގެ ބަތަލެއް ކަމުގައްޔާއި ގައުމީ ވިސްނުން އިސްކުރައްވާ ޖަލީލަށް ވޯޓު ދެއްވުމަށް މާލޭ ރައްޔިތުންނަށް ގޮވާލައްވާފައެވެ.





