logo

ރައީސްގެ ދެކަނބަލުން މާދަމާ އުމްރާގެ އަޅުކަމަށް ފުރާވަޑައިގަންނަވަނީ

ޢާއިޝަތު ނުޒުހާ

ޢާއިޝަތު ނުޒުހާ

5 އޭޕްރީލު 2026 - 11:21
ރައީސްގެ ދެކަނބަލުން މާދަމާ އުމްރާގެ އަޅުކަމަށް ފުރާވަޑައިގަންނަވަނީ

ރައީސްގެ ދެކަނބަލުން މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމަށް ފުރާވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް

SHARE

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު އުމްރާގެ އަޅުކަމަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައީސް އޮފީހުން މިއަދު ބުނީ, އުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސްގެ ދެކަނބަލުން ފުރާވަޑައިގަންނަވާނީ މާދާމާގެ ވަގުތެއްގައި ކަމަށެވެ.

މި ދަތުރުފުޅަކީ ސައޫދީ ސަރުކާރުން މިދިޔަ ފެބްރުއަރީ މަހު ހަމަޖައްސަައިދެއްވާފައިވާ ދަތުރުފުޅެއް ކަމަށާއި ދަތުރުގެ ހުރިހާ ހަރަދެއް ވެސް ހަމަޖައްސަވާފައިވަނީ ސައޫދީ ސަރުކާރުން ކަަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސްގެ ދެކަނބަލުން ވަނީ މިދިޔަ އަހަރު ވަނީ ސައުދީގެ ރަސްގެފާނު ދެއްވާ ހާއްސަ ފުރުސަތެއްގެ ދަށުން ހައްޖުގެ އަޅުކަން ވެސް އަދާކުރައްވައިފައެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/