ވަގަށް ސިގިރޭޓު އެތެރެކުރި މައްސަލައެއްގައި ކަސްޓަމްސް ގެ އޮފިސަރަކު ސަސްޕެންޑުކުރި
އާއިޝަތު ޝިޔާއު ހުސައިން

SHARE
ވަގަށް ރާއްޖެއަށް ސިގިރޭޓު އެތެރެ ކުރި މައްސަލައެއްގައި ކަސްޓަމްސްގެ އޮފިސަރަކު ސަސްޕެންޑު ކޮށްފައިވާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކަސްޓަމްސް ގެ ކޮމިޝަނާ ޖެނެރަލް ޔޫސުފް މާނިއު މުހައްމަދު ވިދާޅުވީ، ސިގިރޭޓު ކޮންތެއިނަރަކާއި، އެއާ ކާގޯ އިން އެތެރެކުރަން އުޅުނު ސިގިރޭޓުވެސް ހިފަހައްޓައިފައިވާ ކަމަށެެވެ.
މާނިއު ވިދާޅުވީ ޕޮއިންޓުން އަތުލުމުން އެއީ ކޮން ބަޔަކު ހިއްސާވާ އެއްޗެއްކަމެއް ނޭންގޭނެތީ އެތަކެތި މާލެ ތެރެއަށް ދޫކޮށްލި ކަމަށެވެ. އަދި ދޫކޮށްލުމަށްފަހު އެތަކެތި ފޮލޯ ކުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިތުރަށް އެނާ ވިދާޅުވީ އިންޓެލިޖެންސްގެ އެހީއާ އެއްކޮށް ކުރެވުނު ތަހުގީގުން އެކަމުގެ ފަހަތުގައި ތިބީ ކޮން ބައެއް ކަން އެންގުނު ކަމަށެވެ.
އެ މައްސަލައިގައި ސަސްޕެންޑުު ކުރި އޮފިސަރަކީ ސްކޭނު ކުރާ މެޝިނު ކައިރި ހުރި ކަސްޓަމްސްގެ އޮފިސަރެއްކަން ވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ކޮފީ ސަޕޯޓް
ތިޔަ ބޭފުޅުންގެ އަޑު އިއްވައިދިނުމަށް އެހީތެރިކަން ބޭނުންވޭތޯ؟ ކޮފީ ކޯވަރެއް ބޯލުމަށްފަހު އަޅުގަނޑުމެންނާ ކޮންމެ ވަގުތަކު ވެސް ކޮންޓެކްޓް ކޮށްލައްވާ!





