މަޖިލިސް އިދާރާއަށް ދެ ސެކިއުރިޓީ އޮފިސަރުން ހޯދަނީ
އައިޝަތު ހިދާޔާ

SHARE
ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ދެ ސެކިއުރިޓީ އޮފިސަރުން ހޯދަން އިއުލާނުކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން ގެޒެޓުގައި އާންމުކުރި އިއުލާނެއްގައި ވަނީ, މި މަގާމުގެ މަސްއޫލިއްޔަތަކީ ސާޖަންޓް އެޓް އާމްސް ނުވަތަ އިންޓާނަލް ސެކިއުރިޓީ އެންޑް އެސްކޯޓް ސާވިސަސް ހިންގުމާ ހަވާލުވެ ހުރި ވެރިއެއްގެ ލަފަ އާއި އިރުޝާދުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ ވާޖިބާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެހީތެރިވެދިނުންކަމަށެވެ.
އަދި ސާޖަންޓް އެޓް އާމްސް ނުވަތަ އިންޓާނަލް ސެކިއުރިޓީ އެންޑް އެސްކޯޓް ސާވިސަސް ހިންގުމާ ހަވާލުވެ ހުރި ވެރިއެއްގެ ލަފަ އާއި އިރުޝާދުގެ މަތިން، ރައްޔިތުންގެ މަޖިލިސްކުރާގެ އާއި މަޖިލީހުގެ އިދާރާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، މަޖިލީހާއި މަޖިލީހުގެ އިދާރާގެ ކަރާމަތާއި ރައްކާތެރިކަން ހިފެހެއްޓުމަށްޓަކައި ގެންގުޅެންޖެހޭ އުސޫލުތަކާއި ހިފަހަންޓަންޖެހޭ ހަމަތައް ތަންފީޒުކުރުމުގެ މަސައްކަތްކުރުން. ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
މި މަގާމު އަދާކުރެވޭނީ ސާނަވީ އިމްތިހާނަކުން ދެ މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑު ލިބިފައިވާނަމައާއި ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވާނަމައެވެ. ނުވަތަ މިކަމާ ގުޅޭ ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ހަތަރެއްގެ ސަނަދެއް ހާސިލުކޮށްފައިވާނަމައެވެ. މި މަގާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުއުޅެ ތަޖުރިބާ ލިބިފައިވާނަމަ ވެސް މި މަގާމު އަދާކުރެވޭނެކަމަށް އެ އިދާރާއިން ބުނެއެވެ.
މި މަގާމަށް ނަގާ މ,ީހެއްގެ އަސާސީ މުސާރައަކީ, މަހަކު 6,550 ރުފިޔާއެވެ. ނަމަވެސް, ސާވިސް އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ހަމަޖެހިފައިވާ އުސޫލުން 4,400 ރުފިޔާއާއި ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3,500 ރުފިޔާއާއި ހާއްސަ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %20 އަދި ހަމަޖެހިފައިވާ އުސޫލުން ޕްރޮފެޝަނަލް އެލަވަންސާއި އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ވެސް ދޭނެކަމަށް އެ އިދާރާއިން ބުންޏެވެ.
މި ވަޒީފާއަށް ކުރިމަތި ލުމުގެ އެންމެ ފަހު ވަގުތަކީ, އަންނަ މަހުގެ ފަސްވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ.
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭނީ ލިންކެއް މެދުވެރިކޮށް އޮންލައިން ކޮށެވެ. ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފުސީލު ގެޒެޓުގައި ޝާއިއުކޮށްފައި ވެއެވެ.
މިފަހުން މަޖިލީސް އިދާރާއިން ވަނީ, ސީނިއާ މީޑިއާ އޮފިސަރަކު ހޯދަން ވެސް އިއުލާނުކޮށްފައެވެ.
.jpg&w=3840&q=75)
