logo

މަޖިލީހަށް ސީނިއާ މީޑިއާ އޮފިސަރަކު ހޯދަނީ

އައިޝަތު ހިދާޔާ

21 ސެޕްޓެމްބަރު 2026 - 06:14
މަޖިލީހަށް ސީނިއާ މީޑިއާ އޮފިސަރަކު ހޯދަނީ

SHARE

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސީނިއާ މީޑިއާ އޮފިސަރަކު ހޯދަން އިއުލާނުކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މަޖިލީހުގެ އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ވަނީ މި މަގާމަށް ބޭނުންވަނީ އެންމެ ފަރާތެއް ކަމަށެވެ. މި މަގާމަށް އެދި ހުށަހަޅާ ފަރާތަކީ ނޫސްވެރިކަމާއި މީޑިއާގެ ދާއިރާއިން ލިޔުމުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ މީހަކަށް ވާނެޖެހޭނެ ކަމަށް ވެސް އިއުލާނުގައި ވެއެވެ.

މަގާމުގެ ޝަރުތުތައް:

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު ނުވަތަ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ
  2. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި ތިން އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މަޖިލީހާއި މަޖިލީހުގެ އިދާރާގެ ރަސްމީ ޚަބަރުތަކާއި، ނޫސްބަޔާންތަކާއި، ސްޕީޗްތައް ފެންވަރު ރަނގަޅު މިންގަނޑަކަށް ތައްޔާރުކޮށް، ވެބްސައިޓާއި މީޑިއާ ޕްލެޓްފޯމްތަކުގައި ޝާއިއުކޮށް ބެލެހެއްޓުން ހިމެނެއެވެ. އަދި މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ ރަސްމީ އެޕޮއިންޓްމަންޓްތަކާއި ބައްދަލުވުންތަކަށް ހާޒިރުވެ، އެފަދަ ހަރަކާތްތަކުގެ ހަބަރާއި މަޢުލޫމާތު އެންމެ ފުރިހަމަ ގޮތަކަށް ތައްޔާރުކުރުން ވެސް ހިމެނެއެވެ.

މީގެއިތުރުން, ދުވަހުން ދުވަހަށް މަޖިލީހުގެ ޖަލްސާތަކާއި އެހެނިހެން ހަރަކާތްތަކުގެ ޚަބަރު، ފޮޓޯ، އަދި މީޑިއާ ކޮންޓެންޓް ވެބްސައިޓަށް އަޕްލޯޑްކޮށް ޑިޖިޓަލް މިންގަނޑުތަކާ އެއްގޮތަށް މެނޭޖްކުރުމާއި މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ނެރެންޖެހޭ މައުލޫމާތު ފޮތް، ލީފްލެޓް އަދި އެހެނިހެން ޕަބްލިކޭޝަންތައް ތައްޔާރުކޮށް ޝާއިއުކުރުން ފަދަ ކަންކަން ވެސް ހިމެނެއެވެ.

މި މަގާމަށް ހޮވޭ ފަރާތަކަށް އަސާސީ މުސާރައިގެ ގޮތުގައި ލިބޭނީ, މަހަކު 9,550ރުފިޔާއެވެ. ލިބޭ އިތުރު އިނާޔަތްތަކުގެ ތެރޭގައި,

  1. ހާޒިރީ އެލަވަންސްގެ ގޮތުގައި ހަމަޖެހިފައިވާ އުސޫލުން މަހަކު 4,400 ރުފިޔާ
  2. ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3,500 ރުފިޔާ
  3. ހާއްސަ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %20
  4. ހަމަޖެހިފައިވާ އުސޫލުން ޕްރޮފެޝަނަލް އެލަވަންސް
  5. އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ވަޒީފާއަށް އެދި ހުސަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 28 ސެޕްޓެންބަރުވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިންނެވެ. ވަޒީފާއަށް އެދި ހުށަހަޅަންޖެހެނީ ލިންކެއް މެދުވެރިކޮށެވެ. ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ޕީ.ޑީ.އެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައި އެޓޭޗްކުރުމަށް މި އިއުލާނުގައި ވެއެވެ.

މި ވަޒީފާއާ ގުޅޭ އިތުރު މައުލޫމާތު ގެޒެޓުގައި ޝާއިއުކޮށްފައި ވެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d